
އެޗްޕީއޭ އިން މިއަދު ބުނީ، ރެސްޕިރޭޓަރީ ސިންސިޓިއަލް ވައިރަސް (އާރްއެސްވީ) ފެތުރުން މި ދުވަސްވަރު އިތުރުވެފައިވާ ކަމަށާއި މި ވައިރަސް އާންމުކޮށް ފެތުރެނީ ކުޑަކުދިންގެ މެދުގައި ކަމަށެވެ.މިއީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް ބޮޑަށް ނުރައްކާވާ ވައިރަހެކެވެ. އެ އިދާރާއިން ބުނީ މި ބައްޔަށް ފަރުވާ ހޯދުން އަވަސްކޮށްފި ނަމަ ބަލިން ސަލާމަތް ވުން އަވަސްވާނެ ކަމަށެވެ.އެޗްޕީއޭއިން ބުނީ މި ބަލީގެ ހާލަތު ގާތުން މޮނިޓާކުރަމުން އަންނަ ކަމަށެވެ.