ޚަބަރު
ފަލަސްތީނަށް އެހީވުމުގެ ޓެލެތޯން ފަށައިފި
ފަލަސްތީންގެ ރައްޔިތުންނަށް އެހީވާން ރާއްޖޭގައި ފައިސާ އެެއްކުރަން ކުރިއަށް ގެންދަން ނިންމި "ފަލަސްތީނާ އެކު ދިވެހިން" ޓެލެތޯން މިއަދު ފަށައިފި އެެވެ.

ޕީއެސްއެމްގެ ޓީވީއެމްގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި ޓެލެތޯން ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

ހެނދުނު 8:00 ގައި ފެށި ޓެލެތޯން ކުރިއަށް ގެންދަން ނިންމާފައި ވަނީ މިރޭ ދަންވަރު 12:00 އާ ހަމައަށެވެ. އެ ވަގުތުގެ ތެރޭގައި ރާއްޖޭގެ ޓީވީ ޗެނެލްތަކުން ޓެލެތޯންގެ ހަރަކާތްތައް ގެނެސްދޭނެ އެވެ.

މި ޓެލެތޯނަކީ މި މަހުގެ 2 ގައި ކެބިނެޓަށް ހުށަހަޅައި ފާސްކޮށްގެން ކުރިއަށް ގެންދަން ނިންމި ޓެލެތޯނެކެޗވެ. އެގޮތުން މިއަށް ލިބޭ ފައިސާ ފަލަސްތީނަށް ފޯރުކޮށް ދޭން ހަމަޖެހިފައި ވަނީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް، އދ. ގެ ފަލަސްތީންގެ ރެފިއުޖީންނަށް އެހީވާ ޖަމިއްޔާ "އަންރުވާ" އާ ވެސް ގުޅިގެންނެވެ.

"ފަލަސްތީނާ އެކު ދިވެހިން" ޓެލެތޯނަށް ފައިސާ ހަދިޔާކުރަން މާލެ ސަރަހައްދުގެ އެކި ތަންތަނުގައި ޖުމްލަ 13 ފަންޑްފޮށި ބަހައްޓާފައިވާ އިރު، މި ޓެލެތޯނަށް ހާއްސަ ދެ އެކައުންޓް އެކައުންޓް ނަމްބަރަށް ފައިސާ ވެސް ޓްރާންސްފާ ކުރެވޭނެ އެވެ. އެގޮތުން ފައިސާ ފައިސާ ޖަމާކުރާނީ 7730000655865 އެކައުންޓަށެވެ. އަދި ޑޮލަރުން ނަމަ މި 7730000655866 އެކައުންޓަށެވެ.

އެހެންވެ ވީހާ ވެސް ގިނަ ބަޔަކު ފައިސާ ހަދިޔާ ކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އެދުމެކެވެ.

މި ޓެލެތޯން ކުރިއަށް ގެންދަނީ މިކަމުގައި ބައިވެރިވާން ބޭނުންވާ ސަރުކާރުގެ އިދާރާތަކާއި ލޯކަލް ކައުންސިލްތަކާއި ޖަމިއްޔާތަކަށްވެސް އެ ފުރުސަތު ދީގެންނެވެ.

ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދިޔަ ޓެލެތޯން ތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ބައިވެރިވެފައިވަނީ ފަލަސްތީނާ ގުޅުވައިގެން ބާއްވާ ޓެލެތޯން ތަކުގައެވެ. ފަލަސްތީނާ ގުޅޭ ޓެލެތޯން ތަކުގައި ދިވެހި ރައްޔިތުންގެ ފަރާތުން އަބަދުވެސް ވަރަށް ދީލަތި އެހީތަކެއް ލިބިފައިވެ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު