ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ހއ. އަތޮޅަށް 52 ދިވެހި ނަރުހުން ހޯދަނީ
އަލީ ރާޒީ
18 ޖޫން 2024 - 22:55
0
comments
Tweet
Telegram
ބިދޭސީންގެ ބަދަލުގައި ހއ. އަތޮޅު ހޮސްޕިޓަލަށާއި އެ އަތޮޅުގެ ސިއްހީ މަރުކަޒުތަކަށް ގިނަ ދިވެހި ނަރުހުންތަކެއް ހޯދަން އިއުލާނު ކޮށްފިއެވެ.
އެ ހޮސްޕިޓަލުން ކުރި އިއުލާނެއްގައި ބުނީ ގިނަ އަދަދެއްގެ ނަރުހުން ހޯދަން އިއުލާން ކުރީ ބިދޭސީ ނަރުހުންގެ ބަދަލުގައި ދިވެހި ނަރުހުން ހޯދަން ކަމަށެވެ.
ނަރުހުން ހޯދަން އިއުލާންކުރީ ހއ. އަތޮޅު ހޮސްޕިޓަލްގެ އިތުރުން އެ އަތޮޅުގެ ރަށްރަށުގެ ސިއްހީ މަރުކަޒުތަކަށެވެ.
ރޭންކް ފަހެއްގެ ނަރުހުންނަށް އަސާސީ މުސާރައިގެ ގޮތުގައި 11،428 ރުފިޔާ އާއި 5،333 ރުފިޔާގެ އެލަވަންސްގެ އިތުރުން ހާޒިރީ އިނާޔަތްވެސް ލިބޭނެއެވެ. އަދި ރޭންކް ހަތެއްގެ ނަރުހުންނަށް އަސާސީ މުސާރައެއްގެ ގޮތުގައި 13،057 ރުފިޔާ އާއި 6،094 ރުފިޔާގެ އެލަަވަންސެއް ލިބި ހާޒިރީ އިނާޔާތްވެސް ލިބޭނެ ކަމަށް އިއުލާނުގައި ވެއެވެ.
ނަރުހުންގެ މަގާމަށް ކުރިމަތިލުމަށް މި މަހުގެ 30 ވަނަ ދުވަހުގެ 13:00 ކުރިން ހއ. އަތޮޅު ހޮސްޕިޓަލަށް ފޮނުވަން ޖެހޭ ލިޔެކިޔުންތައް ފޮނުވަން ޖެހޭނެ ކަމަށް އިއުލާނުގައިވެއެވެ. އަދި އޮންލައިންކޮށް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ހޮސްޕިޓަލުގެ އީމެއިލް،
hr@haah.gov.mv
އަށްވެސް ލިޔެކިޔުން ހުށަހެޅޭނެކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކުގެ ތަފްސީލު
ގެޒެޓުގައި
އާންމު ކޮށްފައިވެއެވެ. އަދި ނަރުހުން ހޮވުމަށް ބާއްވާ އިންޓަވިއު އާއި އިމްތިހާނު އަންނަ މަހުގެ ތިން ވަނަ ދުވަހުން 31ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
5 ގަޑިއިރު ކުރިން
0
ނަރުހުންގެ ދުވަސް ފާހަގަކުރަން ހޯރަފުށީގައި މިއަދު ހިނގާލުމެއް ބާއްވައިފި
1 މަސް ކުރިން
0
ހއ. ދިއްދޫގައި ލޮނު އުފައްދާ ފެކްޓްރީއެއް ހުޅުވައިފި
3 މަސް ކުރިން
0
ހއ. ދިއްދޫގައި ވެމްކޯގެ ހިދުމަތް ފަށައިފި
4 މަސް ކުރިން
0
ދިއްދޫ އެއާޕޯޓު މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައީ ގޯތި އަވަހަށް ހަވާލުކުރަން: މުއްތަލިބު
3 ގަޑިއިރު ކުރިން
0
އެސްޓީއޯގެ ހިއްސާއަަކަށް 80ރ. ބަހަން ފާސްކޮށްފި
3 ގަޑިއިރު ކުރިން
0
އުރީދޫއިން އޭއައިއާ ގުޅޭ މައުލޫމާތު މީޑިއާތަކަށް ދީފި
5 ގަޑިއިރު ކުރިން
0
ނަރުހުންގެ ދުވަސް ފާހަގަކުރަން ހޯރަފުށީގައި މިއަދު ހިނގާލުމެއް ބާއްވައިފި
5 ގަޑިއިރު ކުރިން
0