ޚަބަރު
ހއ. ދިއްދޫގައި ލޮނު އުފައްދާ ފެކްޓްރީއެއް ހުޅުވައިފި
ހއ. ދިއްދޫގައި ލޮނު އުފައްދާ ފެކްޓްރީއެއް މިއަދު ހުޅުވައިފި އެވެ.

ދިއްދޫގައި ކެއިން ބުއިމުގައި ބޭނުންކުރާ ލޮނު އުފައްދާ ފެކްޓަރީއެއް އެޅުމަށް އެ ރަށު ކައުންސިލުންވަނީ ބިޑު އުސޫލުން، ޖަޕާނުގެ އަމިއްލަ ކުންފުންޏަކަށް 15،000 އަކަފޫޓުގެ ބިމެއް 15 އަހަރަށް ކުއްޔަށް ދޫކޮށްފައެވެ.

އެ ތަނުގައި އެޅި ފެކްޓަރީ މިއަދު ހުޅުވައި، ލޮނު އުފެއްދުމުގެ މަސައްކަތް ވެސް ވަނީ ފަށައިފައެވެ.

"ޓެންޕީ ސަން ސޯލްޓް" ނަމުގައި ތައާރަފް ކުރާ މި ލޮނު، ޖަޕާނާއި ރާއްޖޭގެ ރިސޯޓުތަކަށް ގެންދާނެ ކަމަށް ދިއްދޫ ކައުންސިލުން ބުންޏެވެ.

ދިއްދޫ ކައުންސިލުން އިތުރަށް ބުނީ ފެކްޓްރީ ހުޅުވުމުގެ ސަބަބުން ދިއްދޫގެ ބައެއް މީހުންނަށް ވަޒީފާގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ސަބަބުން ކައުންސިލްގެ އާމްދަނީއަށް މަހަކު 12,000 ރުފިޔާ، އަހަރަކު 144,000 ރުފިޔާ ލިބޭނެ ކަމަށްވެސް ކައުންސިލުން ލަފާކުރެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު