ޚަބަރު
ގަވައިދާ ހިލާފަށް މީހުން އަރުވައިގެން ދުއްވި އުޅަނދު ޓޯކޮށްފި
ގަވާއިދާ ހިލާފަށް މީހުން އަރުވައިގެން ދުއްވަނިކޮށް ހުއްޓުވި އުޅަނދު.-- ފޮޓޯ: ޕޮލިސް
މުދާ އުފުލާ ގޮތަށް ތައްޔާރުކޮށްފައިވާ އުޅަނދެއްގައި ރަހުމުކުޑަ ގޮތަކަށް މީހުން އުފުލަނިކޮށް، ފުލުހުން މިއަދު އެއްގަމު އުޅަނދެއް ހިފަހައްޓައި އެ އުޅަނދު ޓޯކޮށްފި އެެވެ.

ފުލުހުން ބުނީ ހުއްދަނެތި، ގަވާއިދާ ހިލާފަށް މީހުން އަރުވައިގެން މާލެއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރި އުޅަނދު ބަލައި ޗެކުކުރި އިރު އެއީ ބީ ޒޯންގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ކަމަށެވެ.

ބީ ޒޯންގައި ރަޖިސްޓްރީ ކޮށްފައިވާ އެ އުޅަނދު ދުއްވީ އޭ ޒޯން ބޯޑު ޖަހައިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.

"ބީ ޒޯންގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދު އޭ ޒޯނުގައި ދުއްވުމާ، އަދި އުޅަނދުގެ އަހަރީ ފީ ހަމަވެފައިވާތީ ފިޔަވަޅު އަޅައި، އެ އުޅަނދު ވަނީ ޓޯކޮށްފައި،" ފުލުުހުން މީޑިއާތަކަށް ފޮނުވި މެސެޖްގައި ބުންޏެވެ.

އެއުޅަނދު ހުއްޓުވީ ގަވައިދާ ހިލާފަށް މީހުން އަރުވައިގެން އެއާޕޯޓަށް ދަތުރުކުރަނިކޮށް ކަމަށާއި އުޅަނދު ޗެކްކުރީ އެހެންވެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު