ޚަބަރު
ފުލުހެއް ގައިގައި ކާރަކުން ޖެއްސި މައްސަލާގައި ހިމެނޭ ދެވަނަ މީހާވެސް ހައްޔަރުކޮށްފި
ކާރުގެ ކަނާތު ފުރޮޅު ފުލުސް މީހާގެ ގައިމަތީގައި. އެ ސީންއިން އެކަކު ކުރިން ހައްޔަރުކުރި
ހުޅުމާލޭގެ ފިލިގަސް މަގުގައި މާރާމާރީ ހިންގުމަށްފަހު ކާރަކަށް އަރައިގެން ދާން އުޅުނު މީހަކު ހުއްޓުވަން މަސައްކަތް ކުރި ފުލުސް މީހާގެ ގައިގައި ކާރުން ޖެއްސުމަށްފަހު ފިލައިގެން އުޅުނު މީހާ ހައްޔަރުކޮށްފި އެވެ.

މި މާރާމާރީ ހިންގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގެ ރޭ ފަތިހު އެވެ. 

އެ މައްސަލައިގައި މިއަދު ހައްޔަރު ކުރީގެ ޑެޕިއުޓީ ކޮމިޝަނަ އޮފް ޕޮލިސް، އަލީ ރަޝީދުގެ ފިރިހެން ދަރިފުޅުކަން ފުލުހުން ކަށަވަރުކޮށް ދެއެވެ. އެނގިފައިވާ ގޮތުގައި ފުލުސް މީހާގެ ގައިގައި ޖެއްސި ކާރު ދުއްވަން އިނީ އަލީ ރަޝީދުގެ ދަރިފުޅެވެ. އެ ކާރު ރަޖިސްޓަކޮށްފައި ވަނީ އަލީ ރަޝީދުގެ ނަމުގަ އެވެ. 

މީގެ ކުރިން ފުލުހުން ވިދާޅުވެފައިވަނީ މި މާރާމާރީގެ ރިޕޯޓު ލިބުމާއެކު ފުލުހުން އެ ސަރަހައްދަށް ދިއުމުން މާރާމާރީ ހިންގި މީހާ އެ ސަރަހައްދުގައި އޮތް ކާރަކަށް އަރައި ފިލަން މަސައްކަތް ކުރި ކަމަށެވެ. އަދި އެނާ ހުއްޓުވަން ފުލުހަކު މަސައްކަތް ކުރުމުން ފުލުސް މީހާ ގައިގައި ކާރުން ޖައްސުމަށްފަހު ފިލާފައިވާކަމަށެވެ.

މި މާރާމާރީގައި އަނިޔާވި މީހާއާއި ކާރުން ޖެއްސި ފުލުސް މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ވަނި ދޫކޮށްލާފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު