ޚަބަރު
މާލެ އިން މީހަކު ގެއްލިގެން ހޯދަނީ
މާލެ އަށް ނިސްބަތްވާ އުމުރުން 18 އަހަރުގެ ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ހޯދަމުންދަނީ ހ. ބްލޫސްކޫޕް، ހުސައިން ޒިހާން (18އ) އެވެ.

ފުލުހުން ބުނީ އާއިލާއަށް ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޒިހާން އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ހުކުރު ދުވަހު އޭނާ ދިރިއުޅޭ ގެއިން ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ. 

ފުލުހުން ބުނީ ޒިހާންގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9400053 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.

މީގެ ކުރިން މި މަހުގެ ތެރޭގައި އިތުރު ޒުވާން ފިރިހެނަކުވެސް ގެއްލިގެން ހޯދަން އިއުލާން ކުރިއެވެ. ފުވައްމުލައް ސިޓީއަށް ނިސްބަތްވާ އެ ޒުވާނާ އަދިވެސް ނުފެންނަ ކަމަަށް ވެއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު