ޚަބަރު
ބަކާ ނިޔަވުމަކީ ލިބުނު ފުން ހިތާމައެއް: ރައީސް
ރާއްޖޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ، މުހައްމަދު އާރިފް (ބަކާ)
ދިވެހިރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ތަރި މުހައްމަދު އާރިފް (ބަކާ) ގެ އާއިލާއަށް ރަައީސް ޑރ މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފި އެވެ.

އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ބަކާ އަކީ ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ވަކީން ހާއްސަކޮށް ފުޓްބޯޅައަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވައި، ގައުމަށް ފަހުރުވެރި ނަން ހޯއްދަވައި ދެއްވާފައިވާ ހުނަރުވެރި ކުޅުންތެރިޔެއް ކަމަށެވެ.

"މި ހިތާމަވެރި ވަގުތު މަރްހޫމް މުހައްމަދު އާރިފްގެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދެމެވެ. އަދި މަރްޙޫމް މުހައްމަދު އާރިފަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، ކީރިތިﷲގެ ނިއުމަތާ ރަހްމަތުގައި ލެހެއްޓެވުން އެދި ދުއާ ކުރަމެވެ." 

ބަކާ ނިޔާވުމާއެކު މުޅި ކުޅިވަރު އާއިލާއިން ވެސް އަންނަނީ ހިތާމަ ފާޅުކުރަމުންނެވެ. އަދި އާންމުން ވެސް އަންނަނީ ތައުޒިޔާގެ މެސެޖުތައް ރައްދުކުރަމުންނެވެ.

އޭނާގެ ކަށުނަމާދު ބޭއްވުމަށް ހަމަޖެހިފައި ވަނީ މިރޭ ފަތިސް ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު