ޚަބަރު
ޔޫއެސްއެއިޑާ ގުޅިގެން މަސައްކަތް ކުރަން މަޝްވަރާކޮށްފި
އެމެރިކާގެ އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) އާއި ގުޅިގެން މަސައްކަތް ކުރުމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު މަޝްވަރާ ކުރައްވައިފި އެވެ.

ޔޫއެސްއެއިޑްގެ ވެބްސައިޓުގައި ވާ ގޮތުން މިނިސްޓަރު ޒަމީރު ވަނީ އެޖެންސީގެ އެޑްމިނިސްޓްރޭޓަރު ސަމަންތާ ޕަވާއާ ބައްދަލުކުރައްވައިއިގުތިސޯދީ ކުރިއެރުމާއި ތިމާވެށި ހިމާޔަތްކުރުން އަދި މުއައްސަސާތައް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

އެމެރިކާގެ ވޮޝިންގްޓަންގައި ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ ޔޫއެސްއެއިޑުން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރުއަދާކޮށް، ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށްވެސް މަޝްވަރާ ކުރައްވާފަ އެވެ.

ޔޫއެސްއެއިޑަކީ އެމެެރިކާ އިން އެހެން ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދޭ އެމެރިކާ ސަރުކާރުގެ އޭޖެންސީ އެކެވެ.

މިނިސްޓަރު ޒަމީރުގެ މިދަތުރުފުޅުގައި އދގެ މައި މަރުކަޒު ހުންނަ ނިއުޔޯކަށް ވަޑައިގެން އދގެ ސެކްރެޓަރީ ޖެނަރަލް -- އެންޓޯނިއޯ ގުޓަރޭޒްއާއި އދގެ އިކޮނޮމިކް އަދި ސޯޝަލް އެފެއާޒްގެ އަންޑާ-ސެކްރެޓަރީ-ޖެނެރަލް، ލީ ޖުންހުއާ ވެސް ބައްދަލުކުރައްވާނެ އެވެ.

މީގެ އިތުރުން އެމެރިކާގެ ފޮރިން ރިލޭޝަންސް ކައުންސިލްގައި ކުރިއަށްދާ މަޝްވަރާތަކެއްގައިވެސް މިނިސްޓަރު ޒަމީރު ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު