ޚަބަރު
ޕީއެންސީ މެންބަރުންނަށް މުލީއާގެއިން ރުފިޔާ ބަހާ ވާހަކަ ދޮގުކޮށްފި
ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީ މެންބަރުންގެ އަޑުމަޑުކުރަން މުލީއާގެއިން 50،000 ރުފިޔާ ދޭކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ކުރެއްވި ތުހުމަތުތައް ސަރުކާރުން މިއަދު ދޮގުކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލިއާގެއިން ޕީއެންސީ މެމްބަރުންނަށް މަހަކު ބައިލައްކަ ރުފިޔާ ދޭ ކަމަށް ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީކޮށް ގެކޮޅު ކަމަށްވާ މުލީއާގެ އިން މެމްބަރުންނަށް މަހަކު 50،000 ރުފިޔާ މުލިއާގެއިން ދޭ ކަމަށް ފައްޔާޒު ދެއްކެވި ވާހަކައަކީ ކަނޑައެޅިގެން ބުހުތާނު ދޮގެއް ކަމަށެވެ.

"އަޅުގަނޑުމެން އަޑުއަހަން ކޮންމެ މެންބަރަކަށް މުލިއާގެއިން 50،000 ރުފިޔާ ދޭކަމަށް. ދެން އޭގައި ޖެހިފައި ތިބެންޏާ އެ ބޭފުޅުން އެ ވާހަކަ ދައްކާނެކަމެއް ނެތް ކޮންމެހެން ތިމަންނަމެންނަށް ފުރުސަތު ނެތް ވާހަކައެއް،" ފައްޔާޒު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު