ޚަބަރު
ޖޭއެސްސީގައި އިންނަވާ މަޖިލީސް މެންބަރަކަށް ރިޒާ އައްޔަން ކުރަން ފާސްކޮށްފި
ޖޭއެސްސީއަށް މަޖިލީހުން އައްޔަން ކުރަން ހުށަހެޅުއްވި މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ --
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރަކަށް މާފުށި ދާއިރާގެ މެންބަރު ހުސެއިން ރިޒާ އާދަމް އައްޔަން ކުރަން ފާސްކޮށްފި އެވެ. 

ޖޭއެސްސީ އެކުލަވާލާފައިވާ ގޮތުން، މަޖިލީސް މެންބަރެއް އިންނަން ޖެހެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިކަމަށް ހުޅުވާލުމުން ރިޒާގެ ނަން ހުށަހެޅުއްވީ މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރިކް އެވެ. ހުސްނީގެ ހުށަހެޅުއްވުމަށް މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވަނީ ތާއީދު ކުރައްވާފަ އެވެ.

އިތުރު ނަމެއް ހުށައެއް ނާޅަ އެވެ. ޖޭއެސްސީއަށް ރިޒާ އިންތިހާބު ކުރުމާމެދު މަޖިލިސް ތަޅުމުގައި އެހުނު ވޯޓު ގައި އެ މަގާމަށް، އެ މަގާމައަށް އައްޔަން ކުރަން ފާސްވީ 83 ވޯޓުންނެވެ. 

ހުސައިން ރިޒާއަކީ މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާވަނީ ކުރިމިނަލް ކޯޓުގައި ކުރިން މަސައްކަތްކުރައްވާފައެވެ. އޭނާއަކީ ގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު އަދި 18 ވަނަ މަޖިލީހުގެ ދައުރުގައި މަޖިލީހުގެ ފަރާތުން ޖޭއެސްސީގެ މެންބަރުކަން ކުރެއްވި އިބްރާހީމް ރިޒާގެ ކޮއްކޯފުޅެވެ. 

ބަންޑާރަ ނައިބްގެ އިތުރުން ޖޭއެސްސީގައި ތިބެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި މަޖިލީހުން ކަނޑައަޅާ މަޖިލީހުގެ މެންބަރަކާއި މަޖިލީހުން ކަނޑައަޅާ އާންމު މީހަކާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓު ފަނޑިޔާރަކާއި ދަށު ކޯޓު ފަނޑިޔާރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އަދި ވަކީލުން ތަމްސީލްކުރާނެ މެމްބަރެއްގެ އިތުރުން ރައީސް އައްޔަނުކުރައްވާ މެމްބަރެކެވެ. ޖޭއެސްސީއަށް ރައީސްގެ މެމްބަރެއްގެ ގޮތުގައި އައްޔަނުކޮށްފައި ވަނީ ގާނޫނީ ވަކީލް، ރ. އިނގުރައިދޫ ހިތްވަރު، މުހައްމަދު ސަމީރެވެ. އަދި، ބަންޑާރަ ނައިބް އަހުމަދު އުޝާމް ވެސް ވަނީ އެ ކޮމިޝަނަށް އައްޔަނުކޮށްފަ އެވެ.

ޖޭއެސްސީގައި މަޖިލީހުގެ ރައީސް ވެސް އިންނަވަ އެވެ. އަދި އެ މަގާމަށް ރައްޔިތުންގެ މަޖިލިސް އަބްދުއްރަހީމް އަބްދުﷲ އައްޔަނު ނުކުރައްވަ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލިސް އަބްދުއްރަހީމް އަބްދުﷲ އާ މިއަދު އެމަނިކުފާނުގެ އޮފީހުގައި ވަނީ ބައްދަލުކުރައްވައިފަ އެވެ.


 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު