
ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ.ރާއްޖޭގައި މިހާރު ހިންގަނީ ސަރުކާރުގެ ދެ ޔުނިވާސިޓީ އެކަންޏެވެ. އެއީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އެވެ. އެކަމަކު، ވަރަށް ގިނަ ކޮލެޖުތައް ހިންގަމުން އަންނައިރު އެންމެ ދުވަސްވީ ތަނަކީ ވިލާ ކޮލެޖެވެ. އެ ކޮލެޖަށް މި އަހަރުގެ އޮކްޓޯބަރު 17 ގައި 17 އަހަރު ފުރޭނެ އެވެ.އެހެންވެ، ބޮޗޭ ހުށަހެޅުއްވި ގޮތަށް ބިލް ފާސްވެއްޖެ ނަމަ ވިލާ ކޮލެޖު، ޔުނިވާސިޓީއަކަށް ބަދަލުކުރުމުގެ މަގުފަހި މި އަހަރު ވާނެ އެވެ.އިސްލާހުގައިވާ ގޮތުން އެ ކޮލެޖުގައި ނެޝަނަލް ކޮލިފިކޭޝަން ފްރޭމްވާކް ލެވަލް ހަތަކުން ފެށިގެން މަތީގެ ކޯސްތަކުގައި މަދުވެގެން 1،000 ދަރިވަރުން ކިޔަވަމުންދާން ޖެހޭނެ އެވެ.