ޚަބަރު
ދިރާސާކުރާނެ ފަސޭހަ ގޮތްތައް ނެރެފި
ވިލާ ކޮލެޖުގެ ދާރިސެއް ކަމުގައިވާ އަހުމަދު ފަޔާޒު ހަސަން ލިޔުއްވާފައިވާ ދިރާސާކުރާނެ 'ފަސޭހަ ގޮތްތައް' ވިލާ ކޮލެޖުން އިއްޔެ ނެރެފި އެވެ.

ދައުލަތަށް އެކި ގޮތްގޮތުން ޚިދުމަތްކުރެއްވުމަށް ފަހު މިވަގުތު ވިލާ ކޮލެޖުގެ ލެކްޗަރާއެއްގެ މަގާމު ފުރުއްވަމުން ގެންދަވާ އަޙްމަދު ފަޔާޒު ޙަސަން ލިޔުއްވި މި ފޮތް ނެރެދެއްވީ އެ ކަމަށްޓަކައި ބޭއްވި ހަފުލާއެއްގައި ފަޔާޒާއި ވިލާ ކޮލެޖުގެ ވައިސް ރެކްޓަރު ޑރ. އަލީ ނަޖީބެވެ.

ވިލާ ކޮލެޖުން ބުނީ، ތޭރަ ބައިގެ މައްޗަށް އެކުލެވޭ، 208 ސަފުހާގެ މި ފޮތުގައި, ދިރާސާކުރުމުގައި ބަލަންޖެހޭ ހުރިހާ ކަމެއް ހިމަނާފައިވާނެ ކަމަށެވެ.

މި ފޮތް އަމާޒުކޮށްފައިވަނީ މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުންނަށާއި، ކޮލެޖުތަކާއި ޔުނިވާސިޓީތަކުގައި ކިޔަވައިދޭ ލެކްޗަރާއިންނަށް ކަމަށް ވިލާ ކޮލެޖުން ބުންޏެވެ. އެ ކޮލެޖުން ބުނީ، މި ފޮތް އުނގަންނައިދިނުމުގެ ރޮނގުގައި ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭނެ ކަމަށެވެ.

ފަޔާޒު ލިއުއްވި އޭނާގެ ނުވަ ވަނަ ފޮތުގެ އަގަކީ 175ރ. އެވެ. ފޮތް ލިބެން ހުންނާނީ ވިލާ ކޮލެޖުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު