
ވިލާ ކޮލެޖުގެ ކިއުއައި ކެމްޕަހުގައި ހުންނަ މި ޖިމް ރަސްމީކޮށް ހުޅުއްވައިދެއްވީ ކޮމިޝަނާ އޮފް ސްޕޯޓް މުހައްމަދު ތޮލާލް އެވެ.ވިލާ ކޮލެޖުން ބުނި ގޮތުގައި ޖިމަކީ އެ ކޮލެޖުގެ އިތުރުން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ ދަރިވަރުން އަދި މުވައްޒަފުން ބޭނުންކުރުމަށް ހުޅުވި ތަނެކެވެ.ވިލާ ކޮލެޖުން ބުނީ އެތަނުގައި ހުޅުވި ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ފަތިހު 5:00 އިން ރޭގަނޑު 11:00 އަށް ހުޅުވާފައި ހުންނާނެ ކަމަށެވެ. އަދި ހުކުރު ދުވަހު ފަތިހު 5:00-10:00 އަށް އަދި ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް ޖިމްގެ ބޭނުން ކުރެވޭނެ އެވެ.