ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ސައިންޓިފިކް ދިރާސާތަކާއި ސިޔާސަތުތަކުގެ ބޭނުން ހިފައިގެން ކުރިއަށްދާންޖެހޭ: ނައިބު ރައީސް
އަލީ ރާޒީ
19 ޖޫން 2023 - 10:53
0
comments
Tweet
Telegram
ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލްކުރުމުގައި، ސައިންޓިފިކް ދިރާސާތަކާއި ސިޔާސަތުތަކުގެ ބޭނުން ހިފައިގެން ކުރިއަށްދާންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ވިލާ ކޮލެޖުގެ އިންސްޓިޓިއުޓް ފޮރ ރިސަރޗް އެންޑް އިނޮވޭޝަން (އައި.އާރު.އައި) އިން "އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސަރޗް އެންޑް އިނޮވޭޝަން" ނަމުގައި ބޭއްވި ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރަސްމިއްޔާތު އޮތީ އިއްޔެ ހަވީރު ވިލާކޮލެޖުގައެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، މިފަހަރުގެ ކޮންފަރެންސްގެ ޝިޢާރު "ބްރޭކް ތްރޫ އެކްސެލެންސް: އެޗީވިންގ އަ ނެޓްވޯކް ކޮމިއުނިޓީ" އަކީ މިވަގުތަށް ވަރަށް އެކަށޭނަ މުހިއްމު ޝިއާރެއް ކަމަށެވެ. އަދި އިޖުތިމާޢީ މައްސަލަތައްކަމުގައިވާ، ފަޤީރުކަން ނައްތާލުމާއި، ހަމަހަމަކަން ޤާއިމްކުރުމާއި މޫސުމީ ބަދަލުތައް ފަދަ އެތައް ގޮންޖެހުންތަކެއް މިއަދު ކުރިމަތިވެފައިވާކަން ފާހަގަކުރައްވައި އެކަންކަމަށް ހައްލު ހޯދުމުގައި ބައިނަލްއަޤުވާމީ މުޖުތަމަޢާއި ގުޅިގެން މަސައްކަތްކުރަންޖެހޭކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. އަދި ޢިލްމާއި ފަންނުވެރިކަން ޙިއްޞާކުރުމުގެ ޘަޤާފަތުގެ މައްޗަށް ބިނާކޮށް، އެމައްސަލަތަކަށް އީޖާދީ ހައްލުތަކެއް ހޯދުމުގެ މުހިއްމުކަމުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
ރައިސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ވެއްޓަށް ލިބޭ ގެއްލުންތަކުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން، ކުރިމަތިވާ މޫސުމީ ކާރިސާތަކާއި، މުރަކަ ހުދުވުމާއި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން އޮތް ނުރައްކާތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިއާއެކު، ތެލަށް ބަރޯސާވުން ކުޑަކުރުމަށާއި، އިޢާދަކުރަނިވި ހަކަތަ އުފެއްދުމާއި، ގޮނޑުދޮށްތައް ހިމާޔަތްކުރުމުގެ މަޝްރޫޢުތައް ހިންގައި، މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް މިސަރުކާރުން މަސައްކަތްކުރަމުންދާނޭ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ތެޔޮ އިމްޕޯޓްކޮށްގެން ހަކަތައުފެއްދުމަށް ބަރޯސާވުން ކުޑަކުރުމަށް، ކުނިން ހަކަތަ އުފެއްދުމަށް ހިންގޭ، ގްރޭޓާ މާލެ ވޭސްޓް އެނަރޖީ ޕްރޮޖެކްޓާއި، ތަޢުލީމު ކުރިއަރުވައި އިންސާނީ ވަޞީލަތްތައް ޤާއިމްކުރުމަށް ކުރެވޭ ކަންކަމުގެ ތެރެއިން، ހިލޭ ޑިގްރީ ޕްރޮގްރާމާއި، ޖޫނިއަރ ކޮލެޖްތައް ބިނާކުރުމާއި، ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރޭނިންގ ސެންޓަރުތައް ޤާއިމްކުރުމުގެ މަސައްކަތް މުޅިރާއްޖޭގައި ހިނގަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި މިމަސައްކަތްތަކުން ޙާޞިލްކުރަން ބޭނުންވާ އަމާޒަކީ، މިއަދުގެ ޒުވާނުންނަކީ މުސްތަޤުބަލްގެ ލީޑަރުންކަމުގައި ހެދުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވަނީ، ތަޢުލީމާއި ވަޒީފާ އާއި ޞިއްޙީ ދާއިރާ ފަދަ ހުރިހާ ދާއިރާތަކެއްގައި ވެސް ޖިންސުގެ ހަމަހަމަކަން ޤާއިމްކުރުމަށް ސަރުކާރުން ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭނެއް އެކުލަވާލާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އެ އެކްޝަން ޕްލޭން ފަރުމާކުރެވިފައި ވަނީ ދެމެހެއްޓެނިވި އަދި ހަމަހަމަ މުސްތަޤުބަލަކަށްޓަކައި، ދެމެހެއްޓެނިވި ތަރައްޤީގެ ދަނޑުދަނޑިތަކާއި އެއްގޮތްވާނޭގޮތަށް ސައިންޓިފިކް ދިރާސާތައްކޮށް، ސިޔާސަތުތައް އެކަށައަޅައިގެން ކުރިޔަށް ދިޔުމަށްކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅު ނިންމަވާލެއްވީ، ދުނިޔެ އާއި ދުނިޔޭގެ މުސްތަޤުބަލް ރައްކާތެރިކުރުމަށްޓަކައި ޒުވާނުން މިހާރުން މިހާރަށް މަސައްކަތްތައް ކުރުމަށް ގޮވާލައްވަމުންނެވެ.
ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސަރޗް އެންޑް އިނޮވޭޝަން (އައި.ސީ.އެސް.އާރު.އައި) އަކީ، އިލްމީ ދިރާސާތައް ކުރައްވާ ބޭފުޅުންނާއި، އިލްމުވެރިންނާއި ދަރިވަރުންނާއި ސިނާޢަތްތަކުގެ ތަޖުރިބާކާރުންނަށް އެ މީހުންގެ ދިރާސާތަކުގެ ހޯދުންތައް ހުށައަޅައި، ގުޅުންތައް ބަދަހިކޮށް، އާ ޚިޔާލާއި މަޝްވަރާތަކުގައި ބައިވެރިވުމަށް ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ބާއްވަމުން އަންނަ ކޮންފަރެންސެކެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
3 މަސް ކުރިން
0
މުވައްޒަފުންނާއި ދަރިވަރުން ވެސް ބޭނުން ކުރެވޭ ގޮތަށް ވިލާ ކޮލެޖްގައި ޖިމެއް
7 މަސް ކުރިން
0
އިހުތިރާމު ހޯދުމަށްޓަކައި ތެދުވެރިކަމާއެކު ޒިންމާތައް އަދާކުރަންޖެހޭ: ފައިސަލް
7 މަސް ކުރިން
0
ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށްއޮތް ދައުރުގައިވެސް މަސައްކަތް ކޮށްދެއްވާ: ނައިބު ރައީސް
7 މަސް ކުރިން
0
ބަދަލުތަކާއި އެއްގޮތަށް ހުނަރު އިތުރުކުރުމަށް މަސައްކަތްކުރުމަކީ މުހިންމު ކަމެއް: ނައިބު ރައީސް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ޓެކްސީ ޑްރައިވަރަކު، ފަސިންޖަރަކު ކާރުން ބޭލި މައްސަލައެއްގައި ފިޔަވަޅު އަޅަނީ
7 ގަޑިއިރު ކުރިން
0
ސީ-ޓު-އެއާ ކާގޯ ހިދުމަތުގެ ދަށުން ފުރަތަމަ ފަހަރަށް މުދާ ފޮނުވައިފި
7 ގަޑިއިރު ކުރިން
0
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ހުޅުލެއަށް
7 ގަޑިއިރު ކުރިން
0
އައްޑު އާއި ފުވައްމުލަކަށް އޮރެންޖް އެލާޓް
7 ގަޑިއިރު ކުރިން
0