ޚަބަރު
ރާއްޖޭގައި ބިދޭސީން ވިޔަފާރިކުރުން މަނާ ދާއިރާތަކުގެ ލިސްޓެއް
ބިދޭސީން ދިވެހިރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާތަކުގެ ލިސްޓް އާކޮށް އަލުން ގެޒެޓް ކޮށްފި އެވެ. 

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން މިއަދު ވަނީ ބިދޭސީން ދިވެހިރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާތަކުގެ ލިސްޓް އާންމުކޮށްފަ އެވެ.

އޭގެ ތެރޭގައި ހިމެނޭ ދާއިރާތަކަކީ:

1- ރީޓެއިލް ވިޔަފާރި (އޮންލައިން ވިޔަފާރި ވެސް ހިމެނޭ ގޮތަށް)

2- ހޯލްސޭލް ވިޔަފާރި (އިމާރާތްކުރަން ބޭނުންވާ މުދާ ނުހިމެނޭ ގޮތަށް)

3- ޑޮމެސްޓިކް ލޮޖިސްޓިކްސްގެ މަސައްކަތްތައް

4- ޕޯސްޓަލް އަދި ކުރިއާ ހިދުމަތްތައް

5- ކާބޯތަކެތި ވިއްކުން (ކެފޭ، ރެސްޓޯރެންޓް އަދި ބޭކަރީ ހިންގުން)

6- ތަކެތި ކުއްޔަށް ދިނުން (އިމާރާތްކުރަން ބޭނުންކުރާ ބޮޑެތި މެޝިނަރީ ފަދަ ތަކެތި ވެސް ހިމެނޭ ގޮތަށް)

7- އެމްޕްލޮއިމަންޓް އެޖެންސީތަކާއި ވަޒީފާތަކަށް މީހުން ހޯދުމުގެ ހިދުމަތްތައް

8- ޓްރެވަލް އެޖެންސީ، ޓުއާ އޮޕަރޭޓަރުން، ރިޒަވޭޝަންސް އަދި މިކަމާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް

9- ލޭންޑްސްކޭޕިން

10- ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި ގައުމުގެ ދިފާއީ ބާރުތަކާ ގުޅުންހުރި މަސައްކަތްތައް

11- ޖެނެރަލް ޓިއުޝަން ކުލާސް އަދި ގުރުއާން ކުލާސް ހިންގުން

12- ޖެނެރަލް ކުލިނިކުތައް ހިންގުން

13- ކޮމްޕިއުޓަރު، އާންމު މުދާ އަދި ގޭތެރޭގައި ބޭނުންކުރާ މުދާ މަރާމާތު ކުރުމުގެ މަސައްކަތްތައް

14- ޕްރޮގްރާމިން އަދި ބްރޯޑްކާސްޓިން މަސައްކަތްތައް

15- ގާނޫނީ ވަކީލުންގެ ހިދުމަތްތައް

16- ފޮޓޯގްރަފީ އާއި ވީޑިއޯގްރަފީގެ މަސައްކަތްތައް

17- ޕިކްނިކު އައިލެންޑް ތަރައްގީކުރުމާއި ހިންގުން

18- ވިޔަފާރި އުސޫލުން އެއްގަމު އުޅަނދު ދުއްވުން

19- ސުވެނިއާ އަދި އަތްތެރި މަސައްކަތުން ތަކެތި އުފައްދައި ވިއްކުން

20- ރަބަރާއި ޕުލާސްޓިކު ތަކެތި އުފެއްދުން

21- ދުންފަތުގެ އިސްތިއުމާލު ކުރާ ތަކެތި އުފެއްދުމާއި ވިއްކުން

22- ލަކުޑިން ތަކެތި އުފެއްދުން (ފަރުނީޗަރު ނުހިމެނޭ ގޮަތަށް)

23- މައިނިން އާއި ކޮރީންގެ މަސައްކަތް

24- ވެލި މައިންކުރުން

25- ފޮރެސްޓްރީ

ބިދޭސީންގެ މައްސަލަ އަކީ ރާއްޖޭގައި ވަރަށް ބޮޑު މައްސަލަ އެކެވެ. ހާއްސަކޮށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އެވެ.  

ކިޔުންތެރިންގެ ޝުއޫރު
0%
0%
100%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު