ޚަބަރު
ގަވާއިދާ ހިލާފަށް އުޅޭ 50 ބިދޭސީން ފުލުހުން ހައްޔަރުކޮށްފި
މާލޭގެ ލޯކަލް މާރުކޭޓާއި މާލެ ތެރޭގައި ހަދާފައި ހުރި ބައެއް މާރުކޭޓުތަކުގައި ގަވައިދާ ހިލާފަށް އުޅުނު 50 ބިދޭސީން ހޯދައި އިމިގްރޭޝަނާ ހަވާލުކޮށްފި އެވެ.

މި އޮޕަރޭޝަން މިއަދު ކުރިއަށް ގެންދިޔައީ އިމިގްރޭޝަނާއި ފުލުހުން ގުޅިގެންނެވެ.

ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ ހައްޔަރު ކުރުމުގެ އޮޕަރޭޝަނެއް ފުލުހުން ހިންގީ، ގަވާއިދާ ހިލާފަށް އުޅޭ މީހުންގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ބުރާސްފަތި ދުވަހު ވިދާޅުވެފައި އޮއްވަ އެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ އަންހެން ބިދޭސީން ހޯދުމަށް އިމިގްރޭޝަންގެ އަންހެން އޮފިސަރުންވެސް މިދިޔަ މެއި މަހުގެ ތެރޭގައި ވަނީ ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވެ އެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ދަފްތަރެއް އަލުން އެކުލަވާލުމަށް "ކުރަނގި" ނަމުގައިވެސް މިހާރު ވަނީ އޮޕަރޭޝަނެއް ފަށާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު