ޚަބަރު
ފުލުހުންގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް ބަދަލު ގެނެސްފި
ދިވެހި  ފުލުހުންގެ ޚިދުމަތުގެ ކުރިއަށް އޮތް ހަތަރު އަހަރަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް ޕްލޭންގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކޮށް، ދިވެހި ފުލުހުންގެ ޚިދުމަތުގެ މައްޗަށް ލާޒިމްކުރާ ކަންކަން ކުރުމަަށްޓަކައި ބޭނުންވާ އެންމެހާ ކަންކަން ހަމަޖެއްސުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތު އިދާރީ ހިންގުމުގެ އޮނިގަނޑު އަލުން އެކުލަވާލައިފި އެވެ. 

ދިވެހި ފުލުހުންގެ ޚިދުމަތުގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް ބަދަލުގެނެސް، އެބަދަލުތަކަށް 2024 ޖުލައި 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަމުންދާނެ އެވެ. 

އެގޮތުން ފުލުހުންގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި މުޅި އޮނިގަނޑު ވަނީ ލޯކަލް ޕޮލިސިންގ ރީޖަންތައް ހިމެނޭގޮތަށް ކޮމާންޑް/ ޑައިރެކްޓްރޭޓް ލެވަލްގެ 17 ބަހާއެއްގެ މައްޗަށް ބައްޓަންކޮށްފަ އެވެ. އެގޮތުން ކޮމާންޑް ލެވަލްގައި  ގޭންގް ކްރައިމް އެންފޯސްމަންޓް، ޑިޖިޓަލް ޓޭޑާ އެންޑް ޓެކްނޮލޮޖީ ބަހާއެއް ގާއިމްކޮށް، ޑޭޓާ ޑްރައިވަން އަދި ޒަމާނީ މުއައްސާސާއެއް ބިނާ ކުރުމަށްޓަކައި ޑިޖިޓަލް ކޮމާންޑެއް ވަނީ މުޅިން އަލަށް ގާއިމްކުރެވިފައެވެ. މީގެއިތުރުންދެ ހުޅުމާލޭގައި ކުރެވޭ ޕޮލިސިން އިތުރަށް ހަރުދަނާކޮށް ތަނާ އެކަށީގެންވާ ޕޮލިސިންގ ހިދުމަތެއް ދިނުމަށްޓަކައި ހުޅުމާލެ ޕޮލިސްގެ ނަމުގައި ވަކި ޕޮލިސިންގ ކޮމާންޑެއް ވަނީ ގާއިމްކޮށްފައެވެ. އަދި ސްކޭމްގެ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްކުރުމަށްޓަކައި އެންޓި ސްކޭމް ސެންޓަރެއް ގާއިމްކުރުމުގެ އިތުރުން މާލެއާއި ހުޅުމާލޭގައި ޓްރެފިކް ޕޮލިސް ވަނީ ގާއިމްކޮށްފަ އެވެ.

އިދާރީ ހިންގުމުގެ އޮނިގަނޑަށް އަންނަ ބަދަލާއެކު ގޭންގް ކުށްތައް މަދުކުރުމަށްޓަކައި އެކަމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަކީ މުހިންމު މަގުސަދެކެވެ. 

"ފުލުހުންގެ ގަވަނަންސް ނިޒާމު ހަރުދަނާކޮށް ޒަމާނާ އެއްގޮތަށް ފުލުހުންގެ ހިދުމަތް ބައްޓަންކުރުމަށް ހިދުމަތްތައް އިންސްޓިޓުނަލައިޒް ކުރުން މި ބަދަލުތަކުގެ މުހިންމު މަގުސަދެއްގެ ގޮތުގައި ހިމެނޭ،" ފުލުހުންގެ ތަރުޖަމާނު ޝިފާން ވިދާޅުވި އެވެ. 

މި ޕްލޭންގެ މައިގަނޑު ވިސްނުން ބިނާވެފައި އޮތީ ޕްލޭންގައި ހުރި ކަންކަން ކޮންމެ ފުލުހަކަށް ވެސް އެނގި، އެ ކަންކަން ތަންފީޒުކޮށް ދިވެހީން ބޭނުންވާ ފަދަ ތަރައްގީވެފައި އޮތް ފުލުހުންގެ ޚިދުމަތެއް ގެނެސް ދިނުމަށް ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ.

ސްޓްރެޓީޖިކް ޕްލޭންގެ ދަށުން ޖުމްލަކޮށް ކްރައިމް ފޯކަސްޑް ޕޮލިސިންގައި އިސްކަންދޭ 10 ކަމެއް ފާހަގަކޮށްފައިވާނެކަން ހޯމް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވަނީ ފާހަގަކުރައްވައިފައެވެ.

މިނިސްޓަރު ވިދާޅުވީ، ފުލުހުންގެ އަމާޒަކީ ގޭންގުތައް މަދުކުރުން ނޫން ކަމަށެވެ. އަމާޒަކީ ގޭންގުތައް އެއްކޮށް ނައްތައިލުން ކަމަށާއި ސަރުކާރުގެ ޓާގެޓަކީ ޒީރޯ ޓޮލަރެންސް ކަމަށް އޭނާ މީގެ ކުރިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު