ޚަބަރު
ޗަމްޕާ ބްރަދާސް އިން ހޯރަފުށި ހިމެނޭހެން ތިން ރަށަކަށް ފިޒިއޯތެރަޕީ ސާމާނު ހަދިޔާ ކޮށްފި
ޗަމްޕާ އުއްޗުގެ ދަރިކަނބަލުން ސަރާ، ފިޒިއޯތެރަޕީ ސާމާނު ހޯރަފުށި ދާއިރާގެ އެމްޕީ އަލީ ހަވާލުވަނީ
ޅ. ކުރެންދޫ، ހ.އ ހޯރަފުށި، އަދި ޅ.ހިންނަވަރަށް ބޭނުންވާ ފިޒިއޮތެރެޕީ ސާމާނު މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ބުރަދާސްގެ ވެރިޔާ މުހައްމަދު މޫސާ (އުއްޗު) ހަދިޔާ ހަދިޔާކުރައްވައިފި އެވެ.

ޗަމްޕާ ސެންޓްރަލްގައި ބޭއްވި ހަފުލާއެއްގައި އެ ތަކެތި ހަވާލުކޮށްދެއްވީ ޗަމްޕާ ބްރަދާސްގެ އެއް ހިއްސާދާރު މުހައްމަދު މޫސާ (އުއްޗު) ގެ ދަރިކަނބަލުން ސާރާ މޫސާ އެވެ. އެ ސާމާނުތަކާ ހަވާލުވެވަޑައިގަތީ އެ ތިން ރަށުގެ ދާއިރާގެ މަޖިލިސް މެމްބަރުންނެވެ. 

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ މިއަދު ފިޒިއޯތެރަޕީ ސާމާނުގެ ސަބަބުން އެ ރަށްރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.

"ހަމަ އެކަނި އެ ރަށްރަށެއް ނޫން. އެ ރަށްރަށާއި ކައިރީގައި ދިރިއުޅޭ ރަށްތަކުގެ މީހުންނަށް ވެސް ފިޒިއޮތެރަޕީގެ ހިދުމަތްތައް މިހާރު ހޯދުމަށް ދުރު ތަންތަނަށް ދާން ޖެހޭ ޖެހުމަށް ނިމުމެއް އަންނާނެ ކަމެއް މި ކަމަކީ،" މިނިސްޓަރު ވިދާޅުވި އެވެ.

ހާއްސަ ކޮށް އުއްޗު އަކީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮވިޑްގައި ކޮއްދެއްވި ބޭފުޅެއްކަން ވަނީ ފާހަގަ ކުރައްވާފައެވެ. ޓްރިޓޮޕް ހޮސްޕިޓަލްގެ ބިލްޑިންގާއި، ސެެންޓްރަލް ހޮޓެލްގެ އިމާރާތުގެ ބޭނުން ހިފުމަށް ދިނުން ޑރ ހަލީލު ވަނީ ފާހަގަ ކުރައްވާފައެވެ



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު