ޚަބަރު
ޒުވާނުންގެ އިނާމު ދިނުމުގެ ރަސްމީ ޖަލްސާ ފަސްކޮށްފި
ޔޫތު މިނިސްޓްރީން ބާއްވާ ޒުވާނުންގެ އެވޯޑް ހަފްލާ ވެސް ފަސްކޮށްފި އެވެ.

ޒުވާނުންގެ ދުވަހާ ގުޅުވައިގެން ޒުވާނުންނަށް އިނާމު ދިނުމަށް ޖަލްސާ ބާއްވަން ކުރިން ނިންމާފައި އޮތީ އޯގަސްޓު، 12 ގަ އެވެ.

ނަމަވެސް އެ ޖަލްސާ ފަހުގެ ތާރީހަކަށް ބަދަލު ކޮށްފައިވާ ކަމަށް ޔޫތު މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުންޏެވެ. އެ ޖަލްސާ ބާއްވާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މި ހަފުތާގައި އެ މިނިސްޓްރީން ބުނީ އެވޯޑް ފަސް ކުރަން ނިންމީ ހަރަދު ކުޑަކުރުމަށް ސަރުކާރުން ނިންމާފައިވުމުން ކަމަށެވެ. އަދި މިއަހަރު ފަހުކޮޅު އެވޯޑް ހަފުލާ ބާއްވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އެކަމަކު ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.

ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް ސަރުކާރުން ގެންދަނީ އަޅަމުންނެވެ.

ރާއްޖޭގައި ގައުމީ ފެންވަރުގައި ޒުވާނުންގެ ދުވަސް ފާހަގަކުރަނީ އޮކްޓޯބަރު 22، ގަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު