ވިޔަފާރި
މި ސަރުކާރުން މަސްވެރިންނަށް 998 މިލިއަން ރުފިޔާ ދޫކޮށްފި
މަސްވެރިކަމަށް ނިކުމެ އުޅޭ ދޯނެއް
މިސަރުކާރުން މިހާތަނަށް މަސްވެރިންނަށް 998.8 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި މިއީ މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހާ ހަމައަށް މަސްވެރިންނަށް ދައްކަންޖެހޭ ފައިސާ އެވެ.

މަސް ކުންފުނި -- މިފްކޯ އިން މިމަހުގެ އެއްވަނަ ދުވަހުގެ ރޭ ބުނީ ޖޫން 27 ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުންޏަށް ކިރާފައިވާ މަހުގެ ފައިސާ އޮޑިވެރިންގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާ ކަމަށެވެ.

މަސްވެރިންގެ އަތުން މަސްގަނެ، ފައިސާ ދިނުން ލަސްވާ މައްސަލަ ޙައްލުކުރުމަށް މިފްކޯއިން ވަނީ މުހިންމު ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމާފަ އެވެ. އަދި އޭގެތެރެއިން ބައެއް ކަންކަން ތަންފީޒުކުރަންވެސް މިހާރު ވަނީ ފަށާފަ އެވެ. 

އެގޮތުން މިހާރު ގަނޑުކުރި މަސް ކިލޯއެއް ސަރުކާރުން ގަންނަނީ 16 ރުފިޔާއަށެވެ. ގަނޑުނުކުރާ މަސް ކިލޯއެއް ސަރުކާރުން މިހާރު ގަންނާނީ 14 ރުފިޔާއަށެވެ. 

މި ސަރުކާރުގެ ވެރިކަމަށް އައި އިރު މަސް ކިލޯއެއްގެ އަގު ހުރީ 25 ރުފިޔާގަ އެވެ. ނަމަވެސް މިހާރު ވެސް ދެ ފަހަރަކަށް މި ސަރުކާރުން މަގުގެ އަގު ދަށްކޮށްފި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު