ވިޔަފާރި
މަސްވެރިންނަށް މި މަހު 17 މިލިއަން ރުފިޔާ ޖަމާކޮށްދީފި
މިފްކޯ އިން މަސްވެރިންނަށް މިމަހު ދޭންޖެހި ނުދެވި ހުރި ފައިސާގެ ތެރެއިން 17 މިލިއަން ރުފިޔާ ޖަމާކޮށްދީފި އެވެ.

މި ފައިސާ އަކީ މިދިޔަ އޮގަސްޓް 24 އިން މި މަހު 25ގެ ނިޔަލަށް މިފްކޯއަށް ކިރުވި މަހަށް ދޭންޖެހިފައި ހުރި ފައިސާ އެވެ.

މަސްވެރިންނަށް އިއްޔެ ޖަމާކޮށްދިން ފައިސާއާ އެކު މިސަރުކާރުގައި މަސްވެރިންނަށް ވަނީ ބިލިއަނެއްހާ ރުފިޔާ ޖަމާކޮށްދީފަ އެވެ.

ފައިސާ ލިބުން ލަސްވާ ކަމަށް ބުނެ، މިދިޔަ ހަފުތާ ބަންދުގައި ގއ. ދެއްވަދު އަށާއި ގދ. ދާންދުއަށް ދިޔަ ފިޝަރީޒް މިނިސްޓްރީގެ ޓީމަކަށް އެ ރަށްރަށުގެ ބައެއް މަސްވެރިން ވަނީ ހުރަސްއަޅައިފަ އެވެ. އެ ޓީމުން އެ ރަށްތަކަށް ދިޔައީ މަސްދޯނިތަކުގައި މަސް ފިނި ކުރާ އާރްއޯ ޕްލާންޓް އެޅުމަށް ދޫކުރާ ލޯނާ ގުޅޭ މައުލޫމާތު ދިނުމަށެވެ.


މިފްކޯއިން ބުނީ މިދިޔަ މަހުގެ 24 އިން މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް މިފްކޯއަށް ކިރުވާފައިވާ މަހަށް މަސްވެރިންނަށް 17.3 މިލިއަން ރުފިޔާ ދޭންޖެހޭކަމަށެވެ. އަދި ސަރުކާރުގެ އެހީތެރިކަމާއެކު މި ފައިސާ އެއްކޮށް އޮޑިވެރީންނަށް މިއަދު ޖަމާވާނޭކަމަށް މިފްކޯއިން ބުންޏެވެ.

ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ނުދައްކާ ހުރި ގިނަ އަދަދެއްގެ ފައިސާ ސަރުކާރުގެ އެހީއާއެކު މިފްކޯއިން ވަނީ މީގެކުރިން ދައްކާ ހަލާސްކޮށްފަ އެވެ. އަދި މަސްވެރިން ކިރާ މަހަށް ގަވާއިދުން ފައިސާ ދެއްކުމަށް އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ. 
މިފްކޯ އިން މިހާރު ވަނީ އެ ކުންފުންޏަށް މަސް ގަންނަ އަގަށް ބަދަލު ގެނެސްފަ އެވެ. އެގޮތުން މިފްކޯއަށް މަސް ގަންނާނީ ބައިނަލްއަގްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރާއި، މަސް އެކްސްޕޯޓް ކުރުމަށް ހޭދަވާ ހަރަދުތަކަށް ބެލުމަށްފަހު ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވަނީ ވިދާޅުވެފަ އެވެ.

މިފްކޯއަށް މިހާރު މަސް ގަންނަ އަގު

  • 1.5 ކިލޯއިން މަތި: އައިސް އެޅި - 16ރ. | އައިސް ނާޅާ 14ރ.
  • 1.5 ކިލޯއިން ދަށް: އައިސް އެޅި - 7ރ. | އައިސް ނާޅާ 5ރ.
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު