ވިޔަފާރި
މިފްކޯއަށް ސީއީއޯއަކު ހޯދަން ދެވަނަ ފަހަރަށް އިއުލާނުކޮށްފި
މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރ/މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އަނެއްކާ ވެސް ހުޅުވާލައިފިއެވެ.

ގެޒެޓުގައި ޝާއިއުކޮށްފައިވާ އިއުލާނެއްގައި ވާގޮތުން މި މަގާމަށް ކުރިމަތި ލުމުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ އަށްވަނަ ދުވަހުއެވެ.

މި މަގާމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި:

  • ކަވާ ލެޓާ
  • ސީވީ
  • ތައުލީމީ ސެޓިފިކެޓްތައް
  • ރެފަރެންސް ސިޓީ
އަންނަ އަންގާރަ ދުވަހުގެ ކުރިން ޕީސީބީގެ މެއިލަށް މިތަކެތި ފޮނުވަން އެ އިއުލާނުގައި ވަނީ އެދިފައެވެ.

ސީއީއޯ ހޯދުމަށް ޕީސީބީން ކުރި އިއުލާނުގައި ބުނެފައިވަނީ މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ އަދި އެ މަގާމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ކުރިމަތިލެވޭ ގޮތަށް ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް ސީއީއޯ/އެމްޑީއަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޕީސީބީން ކުރި އިއުލާނުގައިވާ ގޮތުން ނަމަ އެ މަގާމަށް ތަޖުރިބާ ހުރި ބޭރުގެ ފަރާތްތަކަށް ވެސް ކުރިމަތިލެވޭނެ އެވެ.

މިދިޔަ ޖޫން މަހު ޕީސީބީން ކުރި އިއުލާނުގައި ބުނީ، މިފްކޯގެ ސީއީއޯގެ މަގާމަށް ހުޅުވާލައި މުއްދަތު ހަމަވި އިރު މަގާމުގެ ޝަރުތު ހަމަވާ ކެންޑިޑޭޓަކު ކުރިމަތިލާފައިނުވާ ކަމަށެވެ. އެހެންވެ އެ އިއުލާން ވަނީ ބާތިލްކޮށްފަ އެވެ.

މިފްކޯގެ ސީއީއޯގެ މަގާމު ހުސްވީ މި ސަރުކާރުން އެ މަގާމަށް އައްޔަންކުރި އަހުމަދު ސަމާހު ރަޝީދު ވަކިކުރަން ޕީސީބީން ނިންމުންނެވެ. ސަމާހް ވަކިކުރީ ޕީސީބީއަށް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ސަސްޕެންޑު ވެސް ކުރުމަށް ފަހު އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު