ޚަބަރު
އެޗްޑީސީގެ ޑޭޓާބޭސް ހެކުކޮށް އޯޓީޕީ ހޯދަން މެސެޖު ކުރަނީ
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑޭޓާބޭސް ހެކްކުރި މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އެޗްޑީސީގެ ޑޭޓާބޭސް މެދުވެރިކޮށް މީހުންގެ އޯޓީޕީ ހޯދަން މެސެޖު ކުރަމުންދާ މައްސަލައެއް އެ އިދާރާގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.

އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެޗްޑީސީގެ ޑޭޓާބޭސް ހެކް ކޮށްފައިވާ މައްސަލަ ފުލުހުން ބަލަން ފަށާފައިވާއިރު، ޑޭޓާބޭސް ހެކް ކުރުމާއި އޮޅުވާލައިގެން ފައިސާ ހޯދުން ފަދަ އެކިއެކި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު