ޚަބަރު
މާލެ އާއި ހުޅުމާލެ ފައިބާ އޮޕްޓިކް އާ ނެޓްވޯކަކުން ގުޅާލައިފި
މާލެ އާއި ހުޅުމާލެ ހައި ސްޕީޑު ފައިބަ އޮޕްޓިކް އާ ނެޓްވޯކަކުން ގުޅުވާލައިފި އެވެ.

މި ނެޓްވޯކް ގާއިމުކުރީ އެޗްޑީސީ އިންނެވެ. އެ ކުންފުނިން ކުރިން ވަނީ ހުޅުމާލޭގެ އެއްވަނަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި ވެސް ފައިބަ އޮޕްޓިކް ނެޓްވޯކު އަޅައިފަ އެވެ.

އެޗްޑީސީގެ ފައިބަ އޮޕްޓިކް މި ނެޓްވޯކުގެ ތެރެއިން ލީސް ލައިން އާއި ޑާކް ފައިބަގެ ހިދުމަތަށް އެދުމުގެ ފުރުސަތު ވިޔަފާރިތަކަށް ވަނީ ހުޅުވާލައިފަ އެވެ.

އެ ކުންފުނިން ބުނީ ޑާކް ފައިބާ ކަނެކްޓިވިޓީ ހިދުމަތަށް ފުރަތަމަ ސޮއިކުރި ކަސްޓަމަރަކީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ކަމަށެވެ. އެ ބޭންކާ އެކު އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މަހު ހަތަރެއްގައި ކަމަށެވެ.

"މި ހިދުމަތަށް އެދޭ ވިޔަފާރިތަކަށް އެންމެ އަވަސް ސްޕީޑުގައި ކަނެކްޝަން ގުޅައިދެވޭނެ އެވެ. އެއާއެކު ކަސްޓަމަރުންނަށް ދިމާވެދާނެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށްޓަކައި އަޅުގަނޑުމެންގެ ޓީމުގެ ފަރާތުން 24 ގަޑިއިރުގެ ހިދުމަތް ލިބިގެންދާނެ އެވެ،" އެޗްޑީީސީން ބުންޏެވެ.

އެޗްޑީސީން ބުނީ ހިދުމަތް ހޯދާ ކަސްޓަމަރުންނަށް މަސް ދުވަހުގެ މުއްދަތަކަށް ހިލޭ ހިދުމަތް ލިބޭނެ ކަމަށެވެ.

ރާއްޖޭގެ ވިޔަފާރިތަކަށް އަތްފޯރާ ފަށުގައި ޑޭޓާ ކަނެކްޓިވިޓީ ފޯރުކޮށްދިނުމުގެ އިތުރުން އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް ވީހާ ވެސް ލުއިގޮތްތަކެއް ހޯދައިދިނުމަށް ކަމަށް އެޗްޑީސީން ބުންޏެވެ.
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
100%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު