ވިޔަފާރި
ބައެއް ކުންފުނިތައް އުވާލަނީ..!
ްއެސްއޯއީ ކޮމިޓީ. ޕީސީބީ އިން އުވާލާނެ ކުންފުނިތަކުގެ އަދަދު ވަނީ ނިންމާފައި -- ފޮޓޯ: މަޖިލިސް
ސަރުކާރު ހިއްސާވާ ކުންފުނިތައް ރިފޯމް ކުރުމަށްޓަކައި ފެށި މަސައްކަތުގެ ދަށުން ގެއްލުމުގައި ހިންގާ ކުންފުނިތަކާ މެދު އަމަލުކުރާނެ ގޮތްތައް ކަނޑައަޅާފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން (ޕީސީބީ) އިން މިއަދު ބުނެފި އެވެ.

ޕީސީބީގެ ފަރާތުން މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުވެ އެ ތަނުގެ ސެކްރެޓަރީ ޖެނަރަލް އަހްމަދު ޔާމީން މިއަދު ވިދާޅުވީ ފައިދާ ނުވާ ކުންފުނިތަކާ މެދު އަމަލުކުރާނެ ގޮތުން އިޖުރާއަތެއް ތައްޔާރުކޮށް ކަމާ ގުޅޭ އިދާރާތަކާ ހިއްސާކޮށްފައިވާ ކަމަށެވެ.

ޔަމީން ވިދާޅުވި ގޮތުންނަމަ ފައިދާ ނުވާ ކުންފުނިތަކާ މެދު އަމަލުކުރަން ނިންމާފައިވަނީ ދެ ގޮތަކަށެވެ. އެއްގޮތަކީ ފައިދާ ނުވާ ކުންފުނިތަކުގެ މަސައްކަތްތައް އަލުން މުރާޖައާކޮށް ފައިދާވާ ގޮތްތަކެއް ހޯދައި ބައެއް ކުންފުނިތައް އެއްކޮށްލަން ނުވަތާ މާޖު ކޮށްލަންޖެހޭނަމަ އެގޮތަށް އަމަލުކުުރުމެވެ. އަނެއް ގޮތަކީ އެއްވެސް ގޮތަކަށް ފައިދާ ނުވާނެ ކަމަށް ފެންނަ ކުންފުނިތައް އުވާލުމެވެ. 

"ކޮން ކުންފުނިތަކެއްތޯ އުވައިލާނީ، ކޮން ކުންފުނިތަކެއްތޯ މާޖު ކުރާނީ. ލިސްޓެއް މިހާރު ވާނީ ބޯޑުން ތައްޔާރުކޮށް، އެންޑޯޒްކޮށް، ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކަށް ހުށަހެޅިފައި،" އޭނާ ވިދާޅުވި އެވެ.

އުވައިލާނެ، އަދި އެއްކޮށްލާނެ ކުންފުނިތައް ކަނޑައަޅާފައިވީ ނަމަވެސް އެ ކުންފުނިތައް އަދި ހާމައެއް ނުކުރެ އެވެ.

ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް އުވާލުމަށް ނިންމާފައި މިވަނީ ސަރުކާރުން ހަރަދު ކުޑަކުރުމަށް އަޅަން ފަށާފައިވާ ފިޔަވަޅުތަކުގެ ދަށުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު