ޚަބަރު
އިގްތިސާދު ރިފޯމް ކުރަން ސަރުކާރަށް އެއްބާރުލުން ދޭނަން: އެމްޑީޕީ
ދައުލަތުގެ ހަރަދު ކުޑަކުރުމަށާއި އިގްތިސާދު ރިފޯމް ކުރަން ސަރުކާރުން ހުށަހަޅާފައިވާ އިގްތިސާދީ ބިލްތަކަށް އިދިކޮޅު އެމްޑީޕީން ތާއީދުކުރާ ކަމަށް ބުނެފި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީގެ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ޕާޓީން ވަނީ ސަރުކާރުގެ ރިފޯމް އެޖެންޑާގައި ހުރިކަންކަމަށް ތާއީދު ކުރާނެކަމަށް ބުނެފަ އެވެ. އެގޮތުން ސަރުކާރުގެ ފަރާތުން ހުށައަޅަފައިވާ އިޤްތިޞާދާ ގުޅުންހުރި 3 ބިލަށްވެސް އެޕާޓިން ތާއީދުކުރާނެކަމަށް ބުންޏެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ ގައުމުގެ އިގުތިސޯދީ ހާލަތުން އަރައިގަތުމަށް ވަކި ތަރުތީބަކުން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ.

"އަޅުގަނޑުމެންގެ ސްޓޭންޑަކީ ގައުމު ސަލަމާތް ކުރުމަށްޓަކައި ކުރަން ޖެހޭ މުހިންމު ކަންކަން ކުރުމުގައި، އަޅުގަނޑުމެންގެ އެއްބާރުލުން ލިބޭނެ." މައުރޫފް ވިދާޅުވި އެވެ. 

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ ސިޔާސީ މަގާމުތައް ހާމަކުރުމަށް ގޮވާލައި އެމްޑީޕީން މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލުމަކީ އެ ޕާޓީން ކަންބޮޑުވާ ކަމެއް ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ އެމަނިކުފާނުގެ ސަރުކާރުގައި ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށް ވުރެ އިތުރު ނުވާނެ ކަމަށް ވައުދުވެވަޑައިގަތުމަށްފަހު އެވެ. އެކަމަކު އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި މިސަރުކާރުގައި 2،000 އާ ގާތް ކުރާ އަދަދަކަށް ސިޔާސީ މަގާމު އުފައްދައިފި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު