ޚަބަރު
ހުޅުމާލޭގައި ގަވައިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް ހައްޔަރުކޮށްފި
ނުގަވައިދުން އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން:
ގަވައިދާ ހިލާފަށް ކޮފީޝޮޕް ހިންގި ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެންގޮސްފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނި ގޮތުގައި މި ބިދޭސީންތައް ހައްޔަރުކޮށްފައިވަނީ އިއްޔެ ހިންގި "ޖޮއިންޓް ޓާސްކް ފޯސް" އެއްގަ އެވެ. މި އޮޕަރޭޝަންގައި އިމިގްރޭޝަންގެ އޮފިސަރުންގެ އިތުރުން ފުލުހުންވެސް ހަރަކާތްތެރިވި އެވެ.

މި އޮޕަރޭޝަންތަކުގައި އަށް ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް އިމިގްރޭޝަނުން ބުނެ އެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި މި ބިދޭސީންތައް ހައްޔަރުކުރީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ޓޭކްއަވޭ ކޮފީ ވިޔަފާރިތައް ހިންގަމުންދަނިކޮށެވެ.

މިފަހުން މާލޭއިން ވެސް ވަނީ ގިނަ ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހުއްޓުވުމަށް ސަރުކާރުން އަންނަނީ ވަރަށް ފުޅާ ހަރަކާތެއް ހިންގަމުންނެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 3 އަހަރު ތެރޭގައި ނުގަވައިދުން އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމެވެ.


 


ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު