ޚަބަރު
ގަވާއިދާ ހިލާފަށް ބިދޭސީން ލައްވައި މަސައްކަތް ކުރުވާ 92 ދިވެއްސަކަށް ނޯޓިސް ދީފި
ގަވާއިދާ ހިލާފަށް ބިދޭސީން ލައްވައި މަސައްކަތްކުރުވާ 92 ދިވެއްސަކަށް، މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ ހުޅުމާލޭގައި ހިންގި ބޮޑު އޮޕަރޭޝަންގައި ލިއުމުން ނަސޭހަތުގެ ނޯޓިސް ދީ، އިސްލާހުނުކޮށްފި ނަމަ ފިޔަވަޅު އަޅާނެ ކަން އަންގައިފި އެވެ.

އިމިގްރޭޝަނުން ބުނީ ސުވާލުކުރި ބިދޭސީންގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ފިލައިގެން އުޅޭކަމަށް ރިޕޯޓުކޮށްފައިވާ ބިދޭސީން ހިމެނޭހެން 28 މީހަކު އިއްޔެ އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމަށެވެ.

އަދި ވިސާ ފުރިހަމަނުވާ 165 ބިދޭސީންނަށް އިމިގްރޭޝަނަށް ހާޒިރުވުމަށް ނޯޓިސް ދީފައި ވާނެ ކަމަށާއި ގަވާއިދާ ހިލާފަށް ބިދޭސީ މީހުން ލައްވާ މަސައްކަތްކުރުވާ 92 ދިވެއްސަކަށް ލިޔުމުން ނަސޭހަތްތެރިވެފައި ވާނެކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފަ އެވެ.

ހުޅުމާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ދީފައިވާ ހުއްދައިގެ ބޭރުން މަސައްކަތް ކުރަމުންދާ ބިދޭސީން ދެނެގަނެ، އެމީހުނަށް ފިޔަވަަޅު އަޅައި، ވަޒީފާ ދޭ ފަރާތް ޒިންމާދާރު ކުރުވުމަކީ މި އިންސްޕެކްޝަނުގެ މައިގަނޑު އެއް މަޤްސަދުކަމަށާއި، މި އިންސްޕެކްޝަނުން ހޯދޭ މައުލޫމާތުގެ އެހީގައި މި މައްސަލައާ ގުޅިގެން މިވަގުތު ހުޅުމާލޭގެ ހާލަތު ދެނެގަނެވިގެންދާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ހުޅުމާލޭގައި ބޭއްވި ބޮޑު އޮޕަރޭޝަންގައި އެ އިދާރާގެ 200 އަށް ވުރެ ގިނަ އޮފިސަރުން ބައިވެރިވި އެވެ. އަދި އެ އޮފިސަރުންނާ އެކު އިމިގްރޭޝަންގެ ކޮންޓްރޯލަރު ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދާއި ޑެޕިއުޓީ ކޮންޓްރޯލަރު އަހްމަދު އަޝްފާން ވެސް އެ އޮޕަރޭޝަންގައި ބައިވެރިވެވަޑައިގަތެވެ.

އިމިގްރޭޝަންއާ އެކު ފުލުހުންނާއި އިނޮކޮމިކް މިނިސްޓްރީ އާއި އެޗްޕީއޭ އަދި އެމްއެފްޑީއޭގެ އޮފިސަރުން ވެސް މި އޮޕަރޭޝަންގައި ބައިވެރިވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު