ޚަބަރު
އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ބަޔަކު ހުއްޓުވައިފި
އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ތިން ބިދޭސީއަކު އިމިގްރޭޝަނުން ހުއްޓުވައިފި އެވެ.

މީގެތެރެއިން އެކަކު ހިފެހެއްޓީ މީހަކު މޯލްޑިވްސް އިމިގްރޭޝަންގެ ބޯޑަރު އިންޓަލިޖެންސް ޑިވިޝަނުން ނެވެ.

އިމިގްރޭޝަނުން ބުނީ ޝަހުުސު އޮޅުވާލާއިގެން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ރާއްޖެ އެތެރެވާން އުޅުނު ތިން ބިދޭސީއަކު ހުއްޓުވާފައިވާ ކަމަށެވެ.

މިގޮތުން އެކަކު ހިފެހެއްޓީ ޖުލައި 31 ގައެވެ. އެއީ 25 އަހަރުގެ ފިރިހެނެކެވެ. ދެވަނަ މިހާ ހިފަހައްޓާފައިވަނީ މިދިޔަ އޮގަސްޓް 16 ވަނަ ދުވަހެވެ. އެއީ 23 އަހަރުގެ ފިރިހެނެކެވެ. ތިން ވަނަ މީހާ ހިފަހައްޓާފައިވަނީ އޮގަަސްޓް 18 ވަނަ ދުވަހެވެ. އެއީ 21 އަހަރުގެ ފިރިހެނެކެވެ.

އެެ މީހުން ރާއްޖެ އެތެރެވާން މަސައްކަތް ކުރީ މިދިޔަ ޖުލައި މަހާއި އޮގަސްޓު މަހުގެ ތެރޭގަ އެވެ. އެއީ ކޮން ގައުމަކަށް ނިސްބަތްވާ ބައެއް ކަމެއް އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު