ޚަބަރު
އިމިގްރޭޝަންގެ ނަމުގައި އޮޅުވާލައިގެން ގުޅަނީ
އިމިގްރޭޝަންގެ ޔުނީފޯމާ ވައްތަރު ޔުނީފޯމެއް އަޅައިގެން ތިބެ ސްކޭމް ވީޑިއޯ ކޯލްތަކެއް ކުރާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ވަޓްސްއެޕް މެދުވެރިކޮށް ރާއްޖެއިން ބޭރު ގައުމެއްގެ ނަންބަރަކުން ދަނީ އެ އިދާރާގެ ނަމުގައި އޮޅުވާލައިގެން ވީޑިއޯ ކޯލްތަކެއް ކުރަމުން ކަމަށެވެ. އެ ވީޑިއޯ ކޯލްތަކުގައި ތިބެނީ އިމިގްރޭޝަންގެ ޔުނިފޯމާ ވައްތަރު ޔުނިފޯމެއްގައި ތިބޭ ބަޔަކު ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

"ވީމާ، މިއީ އެއްވެސް ހާލެއްގައި އިމިގްރޭޝަން އޮފިސަރުންގެ އަމަލެއް ނޫންކަމުގެ ޔަގީންކަން ދެން. އަދި މިފަދަ ސްކޭމް ކޯލްތަކަށް ސަމާލުވުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރަން،" އިމިގްރޭޝަނުން ބުންޏެވެ.

ބޭރު ނަމްބަރުތަކުން ވަޓްސްއެޕް މެދުވެރިކޮށް ސްކޭމް ކޯލްތައް ކުރުން ފަހަކަށް އައިސް ވަނީ ގިނަވެފަ އެވެ. މީގެ ދުވަސްކޮޅެއް ކުރިން ވެސް ވަޓްސްއެޕް މެދުވެރިކޮށް ސްކޭމް ކޯލްތަކެއް ކުރި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު