ޚަބަރު
ގައުމީ ދުވަހާއި ގުޅިގެން ސަރުކާރު ބަންދުވިޔަސް ޕާސްޕޯޓް ދޫކުރާނެ
ގައުމީ ދުވަހާއި ގުޅިގެން ސަރުކާރު ބަންދުވިޔަސް ޕާސްޕޯޓް ދޫކުރަމުންދާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން ބުނީ ސެޕްޓެންބަރު ހަތަރުވަނަ ދުވަހާއި ފަސް ވަނަ ދުވަހު މާލޭ އޮފީހުން ދިވެހި ޕާސްޕޯޓުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓް ހެއްދުމުގެ ހިދުމަތަށް އެދެވޭނެ އެވެ. ޕާސްޕޯޓާއި ހަވާލުވުމަށް ނަންބަރު ދޫކުރަނީ ކިއުބީ މެދުވެރި ކޮށެވެ. ނަންބަރު ދޫކުރަނީ ހެނދުނު 8:30 އިން މެންދުރު 2:00 ގެ ނިޔަލަށެވެ. 

މީގެ ކުރިން ވެސް ރައްޔިތުންނަށް ފަސޭހަ ކުރުމަށްޓަކައި ބަންދު ދުވަސްތަކާ ދިމާކޮށްވެސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ޚިދުމަތް ދީފައިވެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު