ޚަބަރު
މާލެ ސަރަހައްދުގައި ބިދޭސީން އުޅޭ ތަންތަން ފާސްކުރަން ހާއްސަ އޮަޕަރޭޝަނެއް ފަށައިފި
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ދިރިއުޅޭ ތަންތަނާއި މިފަދަ ބިދޭސީން އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައިފާސްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން މާލެ ސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.

އިމިގްރޭޝަނުން ބުނީ، އެ އޮޕަރޭޝަންގެ ދަށުން އިއްޔެ މާލޭގެ ތިން ގެއެއް ބަލައި ފާސްކޮށް، ނުގަވައިދުން އުޅޭ 13 ބިދޭސީން އެ ހިދުމަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

މި އޮޕަރޭޝަންގެ ދަށުން ގަވާއިދާ ޚިލާފަށް ތޮއްޖެހިގެން ބިދޭސީން އުޅޭ ތަންތަނާއި އާންމު ރައްކާތެރިކަމަށް ބެލުމެއް ނެތި ދިރިއުޅޭ ތަންތަން ބަލައި ފާސްކުރުމަށް ހަމަޖެހިފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެ އެވެ.

އިމިގްރޭޝަނުން ބުނީ، ނުގަވައިދުން އުޅޭ ބިދޭސީންނަށް އެފަދަ ތަންތަން ކުއްޔަށް ދީފައިވާ ފަރާތްތަކަށް ވެސް މި އޮޕަރޭޝަންގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށާއި މާލެ ސަރަހައްދުގައި ނުގަވައިދުން ބިދޭސީން އުޅޭ ހުރިހާ ތަނެއް ބަލައި ފާސްކުރާނެ ކަމަށެވެ.

މީގެއިތުރުން، އޮޕަރޭޝަންގެ މަގުސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުން ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ގެންދަނީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ސިލްސިލާ ހަރަކާތްތަކެއް ހިންގަމުންނެވެ.

އިމިގްރޭޝަންގެ އޮޕަރޭޝަންތަކުގައި އަތުލައިގެންފައިވާ މީހުންގެ ތެރެއިން 3،000 އަށް ވުރެ ގިނަ މީހުން ވަނީ ރާއްޖެއިން ފޮނުވާލާފަ އެވެ.
 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު