ޚަބަރު
އިމިގްރޭޝަންގެ ނަމުގައި ވަދެ ބިދޭސީއެއް އަތުން ފައިސާ ފޭރިގަނެފި
އިމިގްރޭޝަނުގެ ނަމުގައި ގެތަކަށް ގޮސް އުޅޭ ދެ މީހެއްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ އިމިގްރޭޝަން އޮފިސަރުންގެ ނަމުގައި ތިން މީހަކު ބިދޭސީން އުޅޭ ތަނަކަށް ވަތް ކަމަށެވެ.

އަދި ބަންގްލަދޭޝަށް ނިސްބަތްވާ މީހެއްގެ އަތުން 9،000 ރުފިޔާއާއި ފޯނެއް ފޭރިފައިވާ ކަމަށާއި އެ މައްސަަލަ އިއްޔެ ފުލުހުންނަށް ހުށަހަޅައިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ ގ. ބެރުގެ، އުމުރުން 44ގެ މުޙައްމަދު ނަވީން ވަނީ ބަންދުކޮށްފައެވެ. އަދި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.

މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރަން އިމިގްރޭޝަނާއި ފުލުހުން ފެށި އޮޕަރޭޝަންގެ ދަށުން މިހާތަނަށް މާލެ އާއި ހުޅުމާލެ އިން އަދަދެއްގެ ބަޔަކު އަތުލައިގެންފައިވެ އެވެ. މީގެ ތެރޭގައި ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ.

އިމިގްރޭޝަނުން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މިހާތަނަށް 3،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު