ޚަބަރު
ކަޅު ބާޒާރުގައި ޑޮލަރު ވިއްކި ބަޔަކު ޑީޕޯޓްކޮށްފި
ޑޮލަރުތަކާ އެކު ހައްޔަރުކުރި ބިދޭސީން: އޭގެ ތެރެއިން ދެ މީހަކު ވަނީ ޑީޕޯޓްކޮށްލާފައި --
ކަޅު ބާޒާތުގައި ފުޅާ ދާއިރާއެއްގައި ޑޮލަރު ވިއްކި މައްސަލައިގައި ހައްޔަރުކުރި ބިދޭސީންތަކެއް ޑީޕީޓްކޮށްފި އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް ފުޅާ ދާއިރާއެއްގައި ޑޮލަރުގެ ވިޔަފާރި ކުރި ކަމަށް އިމިގްރޭޝަނަށް ލިބުނު މައުލޫމާތެއްގެ ދަށުން އެ ފަސް މީހުން ހައްޔަރުކުރީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ.

އިމިގްރޭޝަނުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރި ފަސް މީހެއްގެ ތެރެއިން ދެ މީހަކު މިހާރު ޑީޕޯޓްކޮށްފައިވާ ކަމަށެވެ. ކަޅު ބާޒާރުގައި ޑޮލަރުގެ ވިއްކަމުން ދިޔަ މައްސަލައިގައި އެ މީހުން ހައްޔަރުކުރީ މި މަހުގެ 5 ގަ އެވެ.

އެ މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ އަދި ޑެބިޓް/ކްރެޑިޓް ކާޑު ފެނުނު ކަމަށް އިމިގްރޭޝަނުން އޭރު ބުނެފައިވެ އެވެ. ނަމަވެސް އެއީ ކޮން ގައުމަކަށް ނިސްބަތްވާ ބައެއް ކަމެއް ހާމައެއް ނުކުރެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު