ޚަބަރު
ގަވާއިދާ ހިލާފްވި 4000އަށްވުރެ ގިނަ ބިދޭސީން ފޮނުވާލައިފި
އިމިގްރޭޝަންއިން ހިންގި އިިސްޕެކްޝަނެއްގައި ބިދޭސީންތަކެއް އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދަނީ
ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމާ ހަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން އެކި މައްސަލަތަކުގައި މިހާތަނަށް 4،000 އަށް ވުރެ ގިނަ ބިދޭސީން ގައުމަށް ފޮނުވާލައިފައިވާ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.

ސަރުކާރަށް ދިހަ މަސް ފުރުމާ ގުޅިގެން އިމިގްރޭޝަނުން މިއަދު އާއްމު ކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ ނޮވެމްބަރު މަހުން ފެށިގެން މި މަހުގެ17 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ، 4،054 ބިދޭސީން ވަނީ ފޮނުވާލާފަ އެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު:

  • އެންމެ ގިނައިން މީހުން ފޮނުވާލާފައިވަނީ މިދިޔަ ޖޫން މަހު، އެ މަހު 690 ބިދޭސީން ފޮނުވާލި

  • އޭގެ ފަހުން ކޮންމެ މަހަކު ވެސް ގިނަ އަދަދެއްގެ ބިދޭސީން ޑީޕޯޓުުކުރި

  • މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ވެސް 663 ބިދޭސީން ފޮނުވާލި


ފުރުވާލާފައިވާ ބިދޭސީންގެ ތެރޭގައި ގަވާއިދާ ހިލާފަށް، ސައްހަ ވިޒާއެއް ނެތި ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންނާއި އެކިއެކި ކުށްރަކަށް އަރައިގެންފައިވާ ބިދޭސީން ހިމެނެ އެވެ. އޭގެ ތެރޭގައި ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަ އާއި ހަށި ވިއްކުމުގެ ވިޔާފާރީގައި ޝާމިލުވާ ބިދޭސީން އެ އޮޕަރޭޝަނުގައި ޑީޕޯޓްކޮށްފައިވެ އެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މި ފަހަކުން އިމިގްރޭޝަނުން ވަނީ ބޮޑެތި ގިނަ އޮޕަރޭޝަންތަކެއް ހިންގާފަ އެވެ. އެ އޮޕަރޭޝަންތަކުގައި، ރާއްޖޭގައި ގަވައިދާ ހިލާފަށް ބޮޑެތި ވިޔަފާރި ކުރާ މީހުންނާއި ފިލައިގެން ގިނަ ދުވަސްތަކެއް ވަންދެން އުޅުނު މީހުން ހޯދި އެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު