ވިޔަފާރި
ބީއެމްއެލްއަށް އާ ސީއީއޯއެއް ހޯދަން އިއުލާނުކޮށްފި
ބީއެމްއެލްގެ ސީއީއޯގެ މަގާމުގައި ހުންނެވި ކާލް ސްޓުމްކަ އިސްތިއުފާ ދެއްވާފައި ވާތީ އެ މަގާމަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.

އެ ކުންފުނިން މިއަދު ކުރި އިއުލާނުގައި ވަނިީ ސީއީއޯގެ ޒިންމާތަކާއި އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުތުތަކާއި މުސާރައިގެ އިތުރުން ލިބޭނެ އިނާޔަތްތައް ހިމަނައިފަ އެވެ.

މަގާމަށް ކުރިމަތިލެވޭނީ ބޭންކިން ދާއިރާގައި މަސައްކަތްކުރާތާ 15 އަހަރުވެފައިވާ، ސީނިއާ މެނޭޖްމެންޓުގައި ފަސް އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ މީހުންނަށެވެ.

ބޭންކިން ނުވަތަ ފައިނޭންސުން މަތީ ތައުލީމު ހާސިލުކޮށްފައިވާން ޖެހޭނެ ކަމަށް ވެސް އިއުލާނުގައިވާ ޝަރުތުތަކުގައިވެ އެވެ. އިއުލާނުގައިވާ ގޮތުން އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 7 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ހުށަހަޅަން ޖެހޭނެ އެވެ. 

ބީއެމްއެލްގެ ސީއީއޯގެ މުސާރަ ކަނޑައަޅާނީ، އެ މީހެއްގެ ތައުލީމާއި ތަޖުރިބާއަށް ބެލުމަށްފަހު އެވެ. މުސާރައިގެ އިތުރުން ހައުސިން އާއި ކާރެއްގެ އިތުރުން މެޑިކަލް އިންޝުއަރެންސާއި ގައުމުން ބޭރުގައި މަސައްކަތްކުރާ ނަމަ، އެކަމަށް ހާއްސަ ގްރާންޓާއި ކޮންމެ އަހަރެއްގެ އެއާފެއާ ޓިކެޓް ވެސް ލިބޭނެ އެވެ.

ބީއެމްއެލްގެ ސީއީއޯގެ މަގާމަށް އައްޔަނު ކުރަނީ ތިން އަހަރުގެ މުއްދަތަކަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު