ޚަބަރު
ލަންކާގެ އިންތިހާބީ ރައީސް އަނޫރާއަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ
ސްރީލަންކާގެ އާ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކެއަށް ރިޔާސީ އިންތިހާބުގައި ލިބިވަޑައިގެންނެވި ކާމިޔާބީއާ ގުޅިގެން ރައީސް ޑރ.މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ. 

އޭނާ އެ އިންތިހާބު ކާމިޔާބު ކުރެއްވިކަން ސްރީލަންކާގެ އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އިއުލާނުކޮށްފަ އެވެ.

ރިޔާސީ އިންތިހާބު ޑިސަނަޔަކެ ކާމިޔާބު ކުރެއްވީ ޕްރިފަރެންސް ވޯޓުތަކުން ކުރި ހޯއްދަވައިގެންނެވެ. ސްރީލަންކާގެ ރިޔާސީ އިންތިހާބުގައި ވޯޓުލުން ހަމަޖެހިފައި އޮންނަނީ ކޮންމެ މީހަކަށް ވެސް ވެރިކަމަށް ގެންނަން އެންމެ ބޭނުންވާ ތަރުރީބަކުން ތިން ކެންޑިޑޭޓަކަށް ވޯޓު ދޭ ގޮތަށެވެ.

ފުރަތަމަ ބުރުގައި ގުނާނީ ކޮންމެ ވޯޓެއްގެ ވެސް އެއްވަނައިގައި އޮންނަ ނަމަށް ބަލައިގެންނެވެ. އެގޮތަށް ގުނާއިރު، އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތަ ކާމިޔާބު ނުކުރެވިއްޖެ ނަމަ އިންތިހާބު ކާމިޔާބު ކުރާ ކެންޑިޑޭޓަކު ހޮވަން ދެވަނަ އަދި ތިންވަނައަށް ދީފައި ހުރި ވޯޓުތައް ގުނަ އެވެ.

ޕްރިފަރެންސް ވޯތުތައް ގުނާއިރު، ނަތީޖާ ބަލާނީ ފުރަތަމަ ގުނިއިރު، އެންމެ ކުރީގައި އުޅޭ ދެ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓުން 50 އިންސައްތަ ލިބޭ ކެންޑިޑޭޓަކަށް ބަލައިގެންނެވެ.

މިއީ ސްރީލަންކާގެ ތާރީހުގައި ރިޔާސީ އިންތިހާބެއްގައި ޕްރިފަރެންސް ވޯޓު ގުނަން ޖެހުނު ފުރަތަމަ ފަހަރެވެ.

އެ ގައުމުގެ އިންތިހާބީ ރައީސަށް މަރުހަބާ ވިދާޅުވެ، ރައީސްޑރ. މުއިއްޒު "އެކްސް" ގައި ވިދާޅުވީ ލަންކާގެ އަވައްޓެރި ގައުމެއްގެ ހައިސިއްޔަތުން ދެ ގައުމު ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، އަނޫރާގެ ވެރިކަމުގައި ދެ ގައުމުގެ ގާތް ގުޅުން އިތުރަށް ވަރުގަދަކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު