ޚަބަރު
އިނގިރޭސި ބޮޑުވަޒީރުކަމަށް އިންތިހާބުވި ކީރަށް ރައީސް ތަހުނިޔާ ވިދާޅުވެއްޖެ
އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމަށް ކީރް ސްޓާމަރ އިންތިޚާބުވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އިންތިހާބުގައި ލޭބަ ޕާޓީން ހޯދި ކާމިޔާބީއަށް އަދި ކައިރި މުސްތަގުބަލެއްގައި އިނގިރޭސި ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާނެ ލޭބަ ޕާޓީގެ ލީޑަރު ކީރު ސްޓޯމާއަށް މަރުހަބާ ވިދާޅުވެފަ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ލޭބަ ޕާޓީގެ ވެރިކަމެއްގައި އަދި ކީރު ސްޓޯމާގެ ޒައާމަތުގައި އިނގިރޭސިވިލާތަށް ތަނަވަސްކަމުގެ އާ ފަތިހެއް ފެންނާނެ ކަމަށެވެ.

"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ހެޔޮއެދުންތައް އަރިސްކޮށް، ދެ ގައުމުގެ ދެމެދުގައި މިހާރު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރައްވާނެ ކަމަށް އުއްމީދުކުރަން،" ރައީސް ވިދާޅުވި އެވެ. 

އިނގިރޭސިވިލާތުގެ ބޮޑުވަޒީރަކު ހޮވުމަށް ބޭއްވި އިންތިޚާބުގައި ކީރް ސްޓާމަރއާ އެންމެ ގާތުން ވާދަކުރީ މިހާރުގެ ބޮޑުވަޒީރު އަދި ކޮންޒަރވެޓިވް ޕާޓީގެ ކެންޑިޑޭޓް ރިޝީ ސުނާކްއެވެ. މި އިންތިޚާބުގައި 9 ކެންޑިޑޭޓުން ވާދަކުރިއެވެ.

ވޯޓް ގުނުމުގެ މަސައްކަތް ކުރިއަށްދާ އިރު، އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ އަގުލަބިއްޔަތު ލިބޭ ވަރަށް ލޭބާ ޕާޓީއަށް ރަސްމީކޮށް ގޮނޑި މިހާރު ވެސް ވަނީ ލިބިފަ އެވެ.

ފަތިހު 5 ޖެހުމާ ހަމައަށް ގުނި ވޯޓުން އެ ޕާޓީއަށް ވަނީ 650 ގޮނޑީގެ ތެރެއިން 326 ގޮނޑި ކާމިޔާބުކޮށްފަ އެވެ. އަދި މިއަދު ލީޑަރު ކެއިރު ސްޓާމަރު ބޮޑުވަޒީރަކަށްވެ، އަގުލަބިއްޔަތު އޮންނަ ސަރުކާރެއް އެކުލަވައިލައްވާނެ އެވެ.

އިނގިރޭސިވިލާތުގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އާންމު އިންތިހާބަށްފަހު ލޭބަ ޕާޓީއަށް އިނގިރޭސިވިލާތުގައި ވެރިކަން ކުރަން ފުރުސަތު މި ލިބުނީ 2010 އިން ފެށިގެން ކޮންޒަވޭޓިވް ޕާޓީން ކުރަމުން އައި ވެރިކަން 14 އަހަރަށް ފަހު ނިމުމުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު