ބަންގްލަދޭޝްގައި އުޅުނު ދިވެއްސަކު ކާރު އެކްސިޑެންޓެއް ވެއްޖެ
މަރިޔަމް އަނާ
15 ޖުލައި 2024 - 13:34
0 comments
އެކްސިޑެންޓުގައި އަނިޔާވި ހައިޝަމް، ހޮސްޕިޓަލުގައި ފަރުވާ ހޯދަނީ.-- ފޮޓޯ: ހިދުމަތް
ބަންގްލަދޭޝްގައި މިސްކިތެއް އެޅުމުގެ މަސައްކަތް ކުރަމުން ދިޔަ ދިވެއްސަކު އެކްސިޑެންޓް ވެއްޖެ އެވެ.
އެހީދޭ 'ހިދުމަތް' ޖަމިއްޔާއިން ބަންގްލަދޭޝްގައި އަޅާ މިސްކިތުގެ މަސައްކަތް ކުރަމުންދަނިކޮށް އެކްސިޑެންޓުވެފައިވަނީ އެ ޖަމިއްޔާގެ އޮޕަރޭޝަންސް މެނޭޖަރު ހުސެން ހައިޝަމް އެވެ. އެކްސިޑެންޓުގައި އޭނާގެ ފައިގެ ފަލަމަސްގަނޑު ވަނީ ބިނދިފަ އެވެ. އެޖަމިއްޔާއިން ބުނީ، އޭނާ އެކްސިޑެންޓްވެފައިވަނީ ޑާކާއިން ޗިޓަގޮންގްއަށް ދަތުރު ކުރަމުން ދަނިކޮށް އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އެކްސިޑެންޓް ހިނގަން މެދުވެރިވެފައިވަނީ ހައިޝަމް ދަތުރުކުރި ކާރު ދުއްވަން އިން ޑްރައިވަރަށް ނިދި ޖެހުމުގެ ސަބަބުން ގަހެއްގައި ޖެހިގެން ކަމަށް ވެސް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.ހައިޝަމަށް ފަރުވާ ދިނުމުގައި ދަތިތަކެއް ދިމާވި ނަމަވެސް މިހާރު އޭނާ އޮތް ޕްރައިވެޓް ހޮސްޕިޓަލްގައި ހައިޝަމްގެ އޮޕަރޭޝަން ކުރާނެ ކަމަށްވެސް އެ ޖަމިއްޔާއިން ބުނެފައިވެ އެވެ."މިވަގުތު މަޢުލޫމާތު ލިބޭ ގޮތުގައި ހައިޝަމްގެ ފައިގެ މާކަޅުވާ ކަށިގަނޑު ބިންދައިގެން ދިޔުމުގެ ސަބަބުން ހޮސްޕިޓަލްގެ އިމަރޖެންސީގައި ދަނީ ފަރުވާދެމުން. އެހެންކަމުން މިކަމުގައި ތިޔަ ހުރިހާ ބޭފުޅުންގެ ހެޔޮދުޢާގައި އަޅުގަނޑުމެން އަޚާ ޝާމިލް ކޮށްދިނުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް." އެޖަމިއްޔާއިން ބުންޏެވެ.
ކިޔުންތެރިންގެ ޝުއޫރު