ޚަބަރު
މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރައްކާތެރިވާން އިލްތިމާސްކޮށްފި
އަންނަ އާދީއްތަ ދުވަހުން ފެށިގެން މޫސުން ގޯސްވާނެތީ ސަމާލުވުމަށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު އިލްތިމާސްކޮށްފި އެވެ.

މެޓް އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް ބެލެވޭތީ، ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ.

ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 45 މޭލަށް ވައި ބާރުވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އޮފީހުން ބުންޏެވެ.

"ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރަމެވެ. އަދި ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރު ފެށުމުގެ ކުރިން އެންމެ ފަހުގެ މޫސުމީ މައުލޫމާތު ހޯއްދަވައިގެން ދަތުރު ކުރުމަށް ދަންނަވަމެވެ،" މެޓް އޮފީހުން ބުންޏެވެ.

މެޓުން ވަނީ ކަނޑުދަތުރުކުރުމުގައި ވެސް މޫސުމަށް ބަލައިގެން ދަތުރުކުރުމަށް އެދިފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު