ވިޔަފާރި
ބީއެމްއެލްގެ ބޯޑުން އައިޝަތު އިސްތިއުފާ ދެއްވައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިރެކްޓަރުންގެ ބޯޑުން އައިޝަތު ނޫރައްދީން އިސްތިއުފާ ދެއްވައިފި އެވެ.

އައިޝަތު ނޫރައްދީން ބޯޑު މެންބަރުކަމުން ވަކިކޮށްފައިވާ ކަމަށް ޕީސީބީން އޭނާއަށް ސިޓީ ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ނަމަވެސް، ބޭންކްގެ އަސާސީ ގަވާއިދު ބުނާގޮތުން އެގޮތަށް ޕީސީބީއަށް ބޭންކުގެ ބޯޑު މެންބަރަކު ވަކި ނުކުރެވޭނެ ކަމަށް ބައެއް ގާނޫނީ ބޭފުޅުން ދިޔައީ ބުނަމުންނެވެ.

ބީއެމްއެލްއިން ޔަގީން ކޮށްދޭ ގޮތުގައި އައިޝަތު ނޫރައްދީން ބޯޑު މެންބަރުގެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އާދިއްތަ ދުވަހު އެވެ.

ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ 31 އޮގަސްޓް 2020 ގައި ބޯޑަށް އައްޔަން ކުރި އައިޝަތު ނޫރައްދީން ކުރެއްވި އަގު ހުރި މަސައްކަތްތަކަށް ޝުކުރު އަދާކުރާ ކަމަށް ބުނެފަ އެވެ.

އޭނަ ބީއެމްއެލްއާ ގުޅިވަޑައިގަތީ 1982 ގަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު