ޚަބަރު
ހޯމް މިނިސްޓްރީގެ ޕީއެސް އިސްތިއުފާ ދެއްވައިފި
ހޯމް މިނިސްޓްރީގެ ޕީއެސް ހިންނާ ހާލިދު: އޭނާ ވަނީ މަގާމުން އިސްތިއުފާދެއްވާފައި --
ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ޕާމަނަންޓް ސެކްރެޓްރީ ހިންނާ ހާލިދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ހިންނާ ހޯމްލޭންޑް މިނިސްޓްރީގެ ޕީއެސްކަމުން އިސްތިއުފާދެއްވިކަން އެ މިނިސްޓްރީން ކަށަވަރުކޮށްދިން ނަމަވެސް އެ އިސްތިއުފާއާ ގުޅޭ އިތުރު ތަފުސީލެއް ނުދެއެވެ.

މި ކަމާ ގުޅިގެން މިހާތަނަށް ހިންނާގެ ބަހެއް ލިބިފައެއް ނުވެއެވެ.

އެ މަގާމަށް ފަސް އަހަރުގެ މުއްދަތަށް ހިންނާ އައްޔަނު ކުރެއްވީ މި އަހަރުގެ ޖޫން 6، ގަ އެވެ. އޭނާ އެ މަގާމަށް އައްޔަނު ކުރެއްވީ އެ މަގާމު ފުރުއްވަމުން ގެންދެވި އަބްދުލްރަހުމާން ސަލާހު ރަޝީދު ޖެނުއަރީ 31، ގައި އިސްތިއުފާ ދެއްވުމުންނެވެ.

ހިންނާ ވަނީ މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލުކުރައްވާފައެވެ.

ހިންނާ ފާހަގަކުރެވިފައިވަނީ މީގެ ކުރިން ތަފާތު ރިސާޗު ޕްރޮގްރާމްތަކުގައި ބައިވެރިވެ، އެ ދާއިރާތަކުން ތަޖުރިބާ ލިބިފައިވާ މީހެއްގެ ގޮތުގައެވެ. އެގޮތުން، އޭނާ ވަނީ ޑިޕްލޮމާ އިން ސޯޝަލް ސައިންސް ރިސާޗް އަދި ޑިޕްލޮމާ އިން ޕީއެޗްސީ މެނޭޖްމަންޓް ހާސިލުކުރައްވާފައެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު