ޚަބަރު
ބިދޭސީންނާ ގުޅޭ ފީތައް ބަހާލައިގެން ދައްކަން ފުރުސަތެއް ދެނީ
ބިދޭސީންގެ ފީ އާއި ޖޫރިމަނާގެ ގޮތުގައި އެއް ލައްކަ އަށްވުރެ މަދުން ފައިސާ ދައްކަންހުރި ފަރާތްތަކުގެ ނަން އާންމުކޮށް ފިޔަވަޅު އެޅުމުގެ ކުރިން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން އިތުރު ފުރުސަތެއްދީފި އެވެ.

ހޯމް މިނިސްޓްރީން މިއަދުު ކުރި އިއުލާނުގައި އަންގާފައިވަނީ ބިދޭސީން ވަޒީފާތަކުގައި ގެންގުޅޭ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ 100،000 ރުފިޔާއަށްވުރެ މަދުނަމަ، 16 ސެޕްޓެންބަރުގެ ކުރިން އެ ފައިސާ ދައްކައި ޚަލާސްކުރުމަށެވެ.

އެ ތާރީޚުގެ ނިޔަލަށް، ފީތަކާއި ޖޫރިމަނާތައް ދައްކާ ޚަލާސްނުކުރާ ފަރާތްތައް އާންމުކޮށް އިޢުލާން ކުރާނެ ކަމަށް އެ އިއުލާނުގައިވަނީ ބުނެފައެވެ.

އަދި އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެ ފަރާތްތައް ސަސްޕެންޑްކޮށް، އެ ފަރާތްތަކަށް އައު ހުއްދަތައް ދޫކުރުން މެދުކަނޑާލެވޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ބިދޭސީންނާ ގުޅޭ ފީ އާ ޖޫރިމަނާ ނުދައްކާ، ފަރާތްތަކުގެ ތެރެއިން އެއް ލައްކަ ރުފިޔާ އަށްވުރެ އިތުރަށް ނުދައްކާ ފަރާތްތައް މިދިޔަ ޖުލައި މަހުގެ ފަހުކޮޅު މިނިސްޓްރީން އިއުލާނު ކުރި އެވެ. ޖުމްލަ 636.5 މިލިއަނަށްވުރެ ރުފިޔާ، ނުދައްކާ ހުރި 1،026 ފަރާތެއްގެ މައުލޫމާތު އޭރު އާންމު ކުރުމާއި ގުޅިގެން، ހޯމްލޭންޑް މިނިސްޓްރީ އަށް ބައެއް ފަރާތްތަކުގެ ނުރުހުން އަމާޒުވި އެވެ.

މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެ ލިސްޓު އާންމު ކުރުމުގެ ނަތީޖާއެއްގެ ގޮތުން 182.9 މިލިއަން ރުފިޔާ ހޯދިފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު