ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
މަޑުއްވަރީ އައިސް ޕްލާންޓު މިފްކޯގެ ދަށަށް
އިސްމާއިލް ރިޒާ
12 ސެޕްޓެމްބަރ 2024 - 19:47
0
comments
Tweet
Telegram
ރ.އަތޮޅު މަޑުއްވަރީ ކައުންސިލުން ހިންގަމުން އައި އެރަށުގެ އައިސް ޕަލާންޓު މިފްކޯގެ ދަށަށް ބަދަލުކޮށްފި އެވެ.
ސަރުކާރުގެ ނިންމެވުމާ އެއްގޮތަށް މަޑުއްވަރީ އައިސް ޕްލާންޓާއި މިފްކޯއިން ހަވާލުވީ މިއަދެވެ.
މި ކަމަށް ހާއްސަކޮށްގެން މަޑުއްވަރީ ކައުންސިލް އިދާރާގައި މިއަދު ބޭއްވި އެއްބަސްވުމުގައި މިފްކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ވަގުތީ ގޮތުން ކުންފުނި ހިންގުމާ ހަވާލުވެ ހުންނެވި އެ ކުންފުނީގެ ސީއެފްއޯ އިލްޔާސް ހަނީފެވެ. އަދި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މަޑުއްވަރީ ކައުންސިލްގެ ރައީސް މުހައްމަދު ސޯދިގެވެ.
"މި ފެށި ހިދުމަތާއެކު 750 ރުފިޔާގެ ރޭޓުން މަސްވެރީންނަށް އައިސް ޓަނެއް ފޯރުކޮށްދެވޭނެ. މިއީ 25 މެޓްރިކް ޓަނުގެ ފްލޭކްސް އައިސް ޕްލާންޓެއް. އަދި 50 ޓަނުގެ އައިސްގެ ސްޓޮކެއް މެއިންޓެއިން ކުރެވޭނެ. މަސްވެރީންނަށް ލުއިފަސޭހަ ގޮތްތައް ކުރިއަށް އޮތް ތަނުގައި ވެސް ހޯދުމުގައި މިފްކޯ ދެމި އޮންނާނެ." މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މިފްކޯގެ ޕްރޮޖެކްޓްސް އެންޑް ޓެކްނިކަލް ޑިޕާޓުމަންޓުގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީ ވިދާޅުވި އެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މަޑުއްވަރީ ކައުންސިލްގެ ރައީސް ސޯދިހު ވިދާޅުވީ ދެން އެރަށުގެ އައިސް ޕްލާންޓު ބަލަހައްޓާނީ މިފްކޯއިން ކަމަށާއި، އެ މަސައްކަތް ކުރާނެ މުވައްޒަފުންވެސް މިހާރު އެކުންފުނިން ހަމަޖައްސާފައިވާ ކަމުގައެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
13 ގަޑިއިރު ކުރިން
0
ރ. އަތޮޅު ކައުންސިލް އިދާރާއަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ދެ ފިރިހެނުން ހައްޔަރުކޮށްފި
1 ދުވަސް ކުރިން
0
މަސްދަޅު ދޫކުރަން އޮންލައިންކޮށް ނަންބަރު ނެގޭ ޕޯޓަލްއެއް ތައާރަފްކޮށްފި
2 ދުވަސް ކުރިން
0
އޮންލައިން ޓޯކަން އަށް މަސްދަޅު ކޭސް ނެގޭގޮތް ހަދަނީ
2 ދުވަސް ކުރިން
0
9000އަށް ވުރެ ގިނަ މަސްދަޅު ކޭސް މާލޭ ސަރަހައްދަށް ބަހައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަނީ
3 ގަޑިއިރު ކުރިން
0
މި އަހަރު ވެސް ރޯދަމަހުގެ ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓު ދޭނަން: ރައީސް
3 ގަޑިއިރު ކުރިން
0
ބީއެމްއެލްއިން ކުޑަހުވަދޫގައި ހިދުމަތް ދިނުމަށް އާ އިމާރާތެއް އަޅަނީ
4 ގަޑިއިރު ކުރިން
0
އެޗްޑީސީން އެއް މިލިއަން ގަސް އިންދަނީ
4 ގަޑިއިރު ކުރިން
0