ޚަބަރު
އަމިއްލަ ދެ ދަރިންނާއި އާއިލާގެ އެހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ފިރިހެނަކު ހައްޔަރުކޮށްފި
އަމިއްލަ ދެ ދަރިން ހިމެނޭހެން ތިން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ބައްޕައަކު އޭނާގެ ދެ އަންހެން ދަރިންގެ އިތުރުން ތިމާގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ރޭ ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން 42 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ޖިންސީ ގޯނާގެ މައްސަލަތައް، ހާއްސަކޮށް ކުޑަކުދިން ޝާމިލުވާ މައްސަލަތައް ފުލުހުންނާއި ކަމާބެހޭ ފަރާތްތަކުން ބަަލަނީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު