ޚަބަރު
ރައީސް މުއިއްޒު، ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާ ބައްދަލުކުރައްވައިފި
ރައީސް ފަލަސްތީނުގެ ރައީސް ޑރ.މަހުމޫދު އައްބާސްއާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން
ރައީސް ޑރ. މުހައްމަދު މުއިއްޒު، ފަލަސްތީނުގެ ރައީސް ޑރ.މަޙްމޫދު އައްބާސްއާ ބައްދަލުކުރައްވައި ފަލަސްތީނުގެ ހަނގުރާމަ ހުއްޓުވުމަށް ދުނިޔޭގެ އެހީތެރިކަމަށް ގޮވާލައްވައިފި އެވެ.

ރައީސް ފަލަސްތީނުގެ ރައީސް ޑރ.މަހުމޫދު އައްބާސާއި ބައްދަލުކުރައްވާފައި ވަނީ އދ.ގެ 79 ވަނަ އާންމު މަޖިލީހުގެ ހަވާސާގައި ރޭގެ ވަގުތެއްގައެވެ.

މި ބައްދަލުކުރެއްވުމުގައި ފަލަސްތީނުގެ ރައީސް އައްބާސް ވަނީ ދިވެހިރާއްޖެއިން ދެމުންގެންދާ ދިގު މުއްދަތުގެ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.

"ފަލަސްތީނު ރައްޔިތުންނަށް ދިވެހިރާއްޖެއިން ދެމުންގެންދާ އެހީތެރިކަމާއި އެއްބާރުލުން އަޅުގަނޑުމެންނަށް އަބަދުވެސް އެނގޭ، އަދި ތި ދެމުންގެންދަވާ އެއްބާރުލުމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ޝުކުރުވެރިވަން" ރައީސް އައްބާސް ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ބޭއްވި ބައްދަލުވުމަށް ފަހު މީޑިއާއާ ވާހަކަފުޅު ދައްކަވަމުމުން ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖެއަކީ އަބަދުވެސް ފަލަސްތީނާއެކުގައި އޮތް ގައުމެއް ކަމަށެވެ. ކޮންމެ ދިވެހި ދަރިއަކު ވެސް ފަލަސްތީނަށް ދެވެން އޮތް އެންމެ ވަރުގަދަ އެހީތެރިކަމެއްވާ ކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ކޮންމެ ތަނެއްގައި ވެސް ރާއްޖެ އިން އަޑު އުފުލާނީ ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި އެ މީހުންގެ ހައްގުގައި ކަމަށް ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު