ޚަބަރު
މާފުށީ ޖަލުގައި މީހަކު އަމިއްލައަށް މަރުވެއްޖެ
އުމުރުން 15 އަހަރުގެ އަންހެންކުއްޖަކާ އެކު ގަދަކަމުން ބަދު އަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތު މާފުށީ ޖަލުގައި ބަންދުކޮށްފައިވާ މީހަކު މިއަދު ހެނދުނު ދަންޖެހިގެން މަރުވެއްޖެ އެވެ.

ޝަރީއަތް ނިމެންދެން މިދިޔަ މާޗު މަހު ކޯޓުން ބަންދުކޮށްފައިވާ އުމުރުން 62 އަހަރުގެ އެ ފިރިހެން މީހާ މަރުވެފައި އޮއްވައި ފެނުނީ މިއަދު ހެނދުނު ސައި ހިފައިގެން ކަރެކްޝަންސްގެ ޖަލު އޮފިސަރުން ދިޔައިރު އެވެ.

އެ މީހާއަކީ މި އަހަރުގެ މާޗު މަހު އުމުރުން 15 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ބަންދުކޮށްފައިވާ މީހެއް ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދިނެވެ. އެ މީހާއަކީ މީގެ ކުރިން ވެސް ކުށުގެ ރިކޯޑު އޮތް މީހެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ހާދިސާއާ ގުޅޭ އިތުރު ތަފުސީލެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.

އުސޫލުގެ ތެރެއިން ޖަލުގައި މަރުވާ ކޮންމެ މީހެއްގެ އޮޓޮޕްސީ ހަދާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ކުރިން ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން މިއަދު މަރުވި މީހާގެ އޮޓޮޕްސީ ވެސް ހަދާނެ ކަމަށް ބެލެވެ އެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އަމިއްލައަށް މަރުވާން މަސައްކަތްކޮށްގެން ފަރުވާ ދެމުން ދަނިކޮށް ސެޕްޓެމްބަރު 2، ގައި އާދަމް އަތުހަރު، 32، މަރުވި އެވެ. އޭނާގެ ހަށިގަނޑުގެ އޮޓޮޕްސީއެއް ހެދުމަށްފަހު މަރުވީ ދަންޖެހިގެން ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު