ވިޔަފާރި
ޑިވެލޮޕްމެންޓް ބޭންކުގެ މަސައްކަތް ކުރިއަށްދާ ގޮތް މިނިސްޓަރު ސައީދު ބައްލަވާލައްވައިފި
ޑިވެލޮޕްމަންޓު ބޭންކު އިމާރާތުގެ މަސައްކަތްތައް މިނިސްޓަރު ސައީދު ބައްލަވާލައްވަނީ -----
ރާއްޖޭގައި އަލަށް ގާއިމުކުރާ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް (ޑީބީއެމްއެލް)ގެ އިމާރާތުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ބައްލަވާލައްވައިފި އެވެ.

"ކުންފުނީގެ ގާނޫނު" ގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ރައީސް ޑރ. މުހައްމަދު މުއިއްޒު ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް އުފައްދާފައިވަނީ މިއަހަރުގެ މެއި މަހުގެ 16 ގައެވެ.

ޑިވެލޮޕްމަންޓް ބޭންކް ގާއިމުކުރަނީ ޗާންދަނީމަގާއި އަމީރު އަހުމަދު މަގު ގުޅޭ ހަތަރުއަނގޮޅީގައި ހުންނަ އެލައިޑް ބިލްޑިންގެ ތިރީގަ އެވެ. 

މި ބޭންކްގެ ސީއީއޯ އާއި ޗެއާޕާސަންގެ މަގާމަށް މިހާރު ވަނީ ބޭފުޅުން އައްޔަންކުރައްވާފަ އެވެ.

އެއީ؛

  • އަހުމަދު އަލީ، މއ. ވޭސައިޑް 805 ފްލެޓް
  • ސައީދު އަބްދުއްނާސިރު ބިން ސައީދު ހަސަން އަލް ޖުނައިދު، ސިންގަޕޫރު
  • ރޮބާޓް ޑެނިއެލް ކާންޓް، ޔުނައިޓެޑް ކިންގްޑަމް
ޑިވެލޮޕްމެންޓް ބޭންކެއް ރާއްޖޭގައި އުފެއްދުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު