ޚަބަރު
ރައީސް މުއިއްޒު އަވަހާރަކޮށްލާނެ ކަމަށް ބުނެ އިންޒާރު ދިނުން ޕީއެންސީން ކުށްވެރިކޮށްފި
ރައީސް ޑރ. މުހައްމަދު މުޢިއްޒު އަވަހާރަކޮށްލާނެކަމަށް ބުނެ ސޯޝަލް މީޑިއާގައި މީހަކު އިންޒާރުދިނުމުން ކަންބޮޑުވުން ފާޅުކޮށް، ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީން އެކަން ކުށްވެރިކޮށްފި އެވެ.

މި މައްސަލައިގައި ޕީއެންސީގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސްގެ ފުރާނަފުޅަށް ނުރައްކާވާނެ ފަދަ އަމަލެއް ހިންގާނެކަމަށް ވަރަށް ފާޅުގައި މީހަކު ބުނެފައިވާތީ އެ މައްސަލައަކީ ދައުލަތުގެ ތަހުގީގީ އިދާރާތަކުން އިސްކަންދީގެން ބަލަންޖެހޭ މައްސަލައެއް ކަމަށެވެ.

"އެހެންކަމުން ރައީސުލްޖުމްހޫރިއްޔާއަށް މަރުގެ އިންޒާރު ދިން މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، އެ މައްސަލާގައި އެކަށީގެންވާ ހަލުއި ތަހުގީގެއް ހިންގެވުމަށް ގާނޫނު ތަންފީޒުކުރާ ތަހުގީގީ އިދާރާތަކަށް އިލްތިމާސްކުރަން،" އެޕާޓީން ނެރުނު ބަޔާނުގައިވެ އެވެ.

ރައީސްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ޒިންމާ އޮތް ދައުލަތުގެ އިދާރާތަކުން އެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތަށް ކުރިއަށްގެންދާނެ ކަމާމެދު އެ ޕާޓީން ޝައްކު ނުކުރާކަމަށް ވެސް ބުނެފައިވެ އެވެ. 

ސޯޝަލް މީޑިއާގައި ރައީސް މުއިއްޒު އަވަހާރަކޮށްލާނެ ކަމަށް ބުނެ އިންޒާރުދިން މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ.


 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު